
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމުގެ އެން މޮބޮޑު ހިއްސާއެއް އޮންނަ އެއް ތަނަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެންވިދާޅުވީ އައު ސްވިމިންޕޫލުގެ މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަކީ ދިވެހިރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ. މީގެ އިތުރުން ގިނަ މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ގޭމްސްތައް ބޭއްވުމުގައި ވެސް އެންމެ ބޮޑަށް ބަލަމުން އަންނަ އެއްކަމަކީ ސްވިމިންގް ޕޫލެއް ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މި ސްވިމިންގް ޕޫލަކީ ކުޅިވަރު ވުޒާރާ އާއި އެސޯސިއޭޝަނާއި އަދި އަމިއްލަ ފަރާތަކުން އިސްނައިގެގެން ކުރިޔަށްގެންދާ މަސައްކަތެއްކަން ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ. އަދި މި މަޝްރޫއަށް ވޯލްޑް އެކުއެޓިކްސްގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. ސްވިމިންއެސޯސިއޭޝަނުން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ އޮލިންޕިކް ސައިޒުގެ ސްވިމިންގް ޕޫލަށް ސަރުކާރުން ބިންދޫކުރެވި މަސައްކަތް އަމަލީ ގޮތުން ފަށައިގަނެވުނީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. މިއީ މަގާމާ ހަވާލުވެ އެންމެ އަވަހަށް ފެށުނު އެއް މަޝްރޫއު ކަން ފާހަގަކުރަމުން ވަޒީރު ވިދާޅުވީ މި އޭރިއާގެ ބިން ސާފުކޮށް މިހާރު ފެންނަން ހުރި އިމާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދެވޭނެ ފެންވަރުގެ ތަނަކަށް ވާނެކަމަށެވެ.
” 50 މީޓަރުގެ ޕޫލެއް އަދި ހައިޖަމްޕް ފެސެލެޓީސްއާ އެކީގައި ފަރުމާ ކުރެވިގެން މިދަނީ، އެހެންވީމަ މިތަނަނީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތައް ކުރިއަށް ގެންދިޔުމާއި، އަދި ފެތުން މިހާރަށް ވުރެން ބޮޑަށް ކުރިއެރުވުމައްޓަކައި ލިބެގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް” އަލަށް ގާއިމްކުރާ ސްވިމިންގް ޕޫލް ބައްލަވާލުމައްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ. ހަތަރު ބުރިއަށް ހަދާ މި ސްވިމިންގް ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. ވަރުގަދަ ފައުންޑޭޝަނެއް އަޅާ އޭގެމަތީ ބޭސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
