
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާއިން ކުރާ ކަންތައްތަކާ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުބެހޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އެމްއެމްއޭއިން ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށާއި އެމްއެމްއޭގެ އެއްވެސް ކަމަކަށް ނުފޫޒު ފޮރުވާކަށް ނުވަތަ ފައިސާ ޗާޕްކުރަން މި ސަރުކާރަކުން ނޫޅޭ ކަމަށެވެ.
“އަޅުގަނޑުމެންގެ ދިވެހި ސަރުކާރަކުން، އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާއެއް އެމްއެމްއޭއާ، އެމްއެމްއޭއިން ކުރާ ކަންތައްތަކާ ނުބެހޭނެ. ސަރުކާރަކުން ނޫޅޭ ފައިސާ ޗާޕްކުރާކަށެއް.” ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ފައިސާ ޗާޕްކުރައްވަން ބޭނުންވާނަމަ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާނެ ކަމަށާއި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް އެކަން ކުރަން އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި އެމްއެމްއޭއިން ކުރާ ކަންތައްތަކާ ރައީސް ނުބެހޭނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
“ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަަށް ކަންތައްތައް ކުރައްވާ ބޭފުޅެއް.” ފަލާހު ވިދާޅުވިއެވެ.
ގައުމުތަކުގެ ވެރިކަމަށް ރައީސުން އަންނައިރު، ރިޔާސީ އިންތިހާބު ތެރޭގައި ތަފާތު ވާހަކަތައް ދައްކާނެކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރައްވާ ދުވަސްވަރު ސަރުކާރުގެ އެތެރޭގެ ކަންތައް އޮތް ގޮތާއި ހާލަތު އޭރު އޮތްގޮތް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ގައުމުގެ ހާލަތު އެވަގުތު އޮންނަ ގޮތުން ވައުދުފުޅާ އެއްގޮތަށް އަމަލު ނުކުރެވިދާނެކަން ވެސް ފަލާހު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާ ދަށްވެފައި އޮތްއިރު ވެސް ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު ފައިސާ ޗާޕްކުރައްވަން ދެކޮޅު ހައްދަވަމުންދާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމާއި ގައުމު ބަނގުރޫޓު ނުވެ، ގައުމުގެ ހަމަޖެހުމާއި އުސޫލުތަކާއި އުފާވެރިކަމާއި ހަމަތަކާއި އިންސާފު ޤާއިމުކޮށްދިނުމަކީ ގައުމާ ހަވާލުވެ ހުންނަވާ ވެރިއެއްގެ ޒިންމާއެކެވެ. އެގޮތުން އިދިކޮޅުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިކަމުގައިވިޔަސް ގައުމު ދަރަނިވެރިކޮށްނުލާ، ވިއްކާނުލާ އެންމެ ރަނގަޅު ގޮތުގައި ލޯނު ހޯދައި މަޝްރޫއުތަކަށް ފައިސާ ހޯދާނެ ގޮތް ރަނގަޅު ވެރިޔެއްނަމަ ހޯދާނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
“އެފަދަ ވެރިއެއް ﷲ ރަހުމަތްފުޅުން އަޅުގަނޑުމެންނަށް ލިބިފައި މިހިރީ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންމެ ކޮންމެ ގޮތަކަށް ގައުމު ޤުރުބާން ކުރާނެ ވެރިޔެެއް ނޫން.” ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މަޖިލީހަށް ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުން ވާން ޖެހޭނީ ދާއިރާ ކުރިއަރުވަން ސަރުކާރާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. އިދިކޮޅު މެންބަރުން ކަމުގައި ވިޔަސް މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށް ޤާރާރާއި ކުއްލި މައްސަލަތައް ހުށަހެޅުމުގައި ޒިންމާދާރުވާން ފަލާހު ވަނީ ގޮވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
