
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރާއްޖޭގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ދިނުމުގައި ޢަމަލުކުރަންވީ ގޮތެއް ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކަނޑައަޅަންޖެހޭކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން ވިދާޅުވީ ސަބްސިޑީއަށް ބަރޯސާވުން ހުއްޓާލުމާއި ދިމާލަށް ސަރުކާރާއި ރައްޔިތުން އެކުގައި ވިސްނުން ގެންގުޅެންޖެހޭކަމަށެވެ.
ރާއްޖޭގައި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. އެހެންކަމުން ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ސަބްސިޑީއަށް އޮންނަނީ ބަރޯސާވެފައެވެ. އެހެންނަމަވެސް އެއީ ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ދިނުމުގައި ކުރިއަށްދެވޭނެ މޮޑެލްއެއް ނޫންކަމަށް މިދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް މިއަހަރުގެ ނިޔަލަށް ފެނުގެ ޚިދުމަތް ގުޅާ ނިމޭނެކަމަށެވެ. އެހާހިސާބަށްދާއިރު މިޚިދުމަތް ރައްޔިތުންނަށް ދޭނެ މޮޑެލްއަކާމެދު ވިސްނަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ޔޫޓިލިޓީގެ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެވޭނީ އެކަމަށް ހޭދަވާ ޚަރަދު ސަލާމަތްކުރެވޭނެ މަގެއް ކުންފުނިތަކަށް ހޯދިގެންކަމަށް މަތީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ކޮންސްޓަރަކްޝަން މިނިސްޓްރީ)
“އަތްފޯރާ ފަށުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރަންޖެހޭ. ޚިދުމަތް ހުރިހާ ރައްޔިތުންނަށް ލިބޭކަން ޔަގީންކުރަންޖެހޭ. ހަމައެގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީގޮތުން ކުރަންޖެހޭ ޚަރަދުތައް ކަވަރުކުރެވޭނެ ގޮތަކަށް ކިހިނެތްތޯ ހަމަޖެހޭނީ. ނަރުދަމާގައި އެއްވެސް ކަހަލަ ޓެރިފެއް ނެތް. ފެނުގެ ނިޒާމަށް ބަލާއިރު ރާއްޖޭގައި ޤާއިމުކުރެވޭ ގިނަ ނިޒާމުތަކުގައި އެވަރުގެ ކޮންޒަމްޝަނެއް ނެތް. އެހެންވީމަ ފެނުގެ ޚިދުމަތުން ޚަރަދު ހަމަޖެއްސޭވަރެއް ނުވޭ.” މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ ރާއްޖޭގައި ދެވޭ ޔުޓީލިޓީގެ ޚިދުމަތްތަކުގެ ތެރެއިން އާމްދަނީ ލިބެނީ ކަރަންޓުގެ ޚިދުމަތުންކަމަށެވެ. އެހެންނަމަވެސް ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތްވެސްދެނީ ޚަރަދު ދެކޮޅު ނުޖެހިކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޔުޓިލިޓީގެ ޚިދުމަތް ޤާއިމުކޮށް ނިމެންވާއިރަށް ރައްޔިތުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދެމެދު މަޝްވަރާތަކެއް ކުރެވި މިކަމުގައި ޢަމަލުކުރާނެގޮތެއް ކަނޑައަޅަންޖެހޭކަމަށް މަތީން ވިދާޅުވިއެވެ. ރާއްޖޭގައި އަސާސީ ޔުޓިލިޓީގެ ޚިދުމަތްދިނުމަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރެއެވެ.
އެގޮތުން ކަރަންޓު އުފެއްދުމަށް ތެޔޮގަތުމަށް، އަހަރަކު 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. މީގެއިތުރުން ކަރަންޓު ސަބްސިޑީގެ ގޮތުގައިވެސް ބޮޑު ހޭދައެއްދަނީ ކުރަމުންނެވެ. އެހެންކަމުން ޔުޓިލިޓީގެ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށާއި، މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. އެހެންނޫންނަމަ އިތުރުވަމުންދާ އާބާދީއާއެކު ސަބްސިޑީއަށް ބަރޯސާވެ ރާއްޖޭގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުމަކީ މާލީގޮތުން ދައުލަތަށް އުފުލޭނެ ބުރައެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
