
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ސީދާ މަޝްވަރާތައް އެމެރިކާއާއެކު ކުރުމަކީ ބޭކަރު ކަމެއްގެ ގޮތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ސިފަ ކުރައްވައިފިއެވެ. މި މޭރުމުން އޭނާ ވާހަކަ ދައްްކަވާފައި މި ވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.
2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ޓްރަމްޕް އީރާނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީއަށް ފޮނުއްވި ސިޓީއެއްގައި އީރާނަށް ނިއުކްލިޔަރ ހަތިޔާރު ލިބުން ހުއްޓުވުމުގެ މަޤްސަދުގައި އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ފަހުން، އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ. އެއީ މިިދިޔަ ހަފުތާގެ ތެރޭގައެވެ. ޓްރަމްޕްގެ އިންޒާރުތަކާ ގުޅޭ ގޮތުން ޢަރާޤްޗީ ވިދާޅުވީ މަޝްވަރާ ކުރުމަށް އެދޭ ކަމަށް އެމެރިކާއިން ބުނަމުން ދިޔަ ނަމަވެސް އެ ޤައުމުގެ ނިޔަތަކީ ކޮބައިކަން ސާފު ނުވާ ކަމަށެވެ. މަޝްވަރާ ކުރަން ބޭނުންވާ ބަކަޔު އިންޒާރު ދިނުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އީރާނުން އަދި ވެސް ބުނަމުން ދަނީ އެ ޤައުމުން ނިއުކްލިޔައ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ. އެމެރިކާއިން މަޝްވަރާ ކުރުމަށް ހުށަހަޅަމުންދާ ހުށަހެޅުންތައް އެ ޤައުމުން މިހާތަނަށް ބަލައިގެންފައެެއް ނުވެއެވެ. ނަމަވެސް ސީދާ އެމެރިކާއާ ވާހަކަ ނުދައްކައި އެހެން ގޮތްގޮތުން ނިއުކްލިޔަރ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް އީރާނުން ވަނީ އިޝާރާތް ކޮށްފައެވެ. ޢަރާޤްޗީ ވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއާއެކު މަޝްވަރާ ކުރުމަށް ބޭނުން ވަނީ އެމެރިކާއާ ހަމަހަމަ ޤައުމެއްގެ ގޮތުގައި ކަމަށެވެ. އެމެރިކާއަކީ އދގެ ޗާޓަރުތަކާ ޚިލާފަށް އިރުއިރުކޮޅާ ބިރުދައްކައި އިންޒާރު ދޭ ބައެއްގެ ގޮތުގައި ސިފަ ކުރައްވާ ޢަރާޤްޗީ ވިދާޅުވީ އެމެރިކާގެ އިސް ވެރިން ވެސް އެކި ފަހަރު ވާހަކަ ދައްކަވަނީ އެކި ގޮތަށް ކަމަށެވެ. އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ އީރާނަށް ބޮން އަޅާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރަށް ގުޅޭގޮތުން އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ވެރިޔާ ޙުސައިން ސަލާމީ ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ އީރާނުން އޮތީ ހަނގުރާއަށް ތައްޔާރަށް ކަމަށާއި ހަނގުރާމައަކީ އީރާނުން އެ ކަމާމެދު ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އީރާނުން އިސްވެ ހަނގުރާމައެއް ނުފެށި ނަމަވެސް ހަނގުރާމައިގެ ޙާލަތަށް އެ ޤައުމު އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
