
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިޒްރޭލަށް ދަތުރުކުރި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ދެ މެންބަރުން އެ ޤައުމަށް އެތެރެވިޔަ ނުުދީ އަނބުރާ ޤައުމަށް ފޮނުވާލަައިފިއެވެ. އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީއަށް ނިސްބަތްވާ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ޔުއާން ޔެންގާއި އަބްތިސާމް މުޙައްމަދު ލަންޑަނުން އިޒްރޭލަށް ދަތުރު ކުރީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ވަފުދެއްގެ ބައިވެރިންގެ ގޮތުގައެވެ. އިޒްރޭލަށް ދިޔުމުން އެ ޤައުމުން ވަނީ އެ ދެ ބޭފުޅުން އެ ޤައުމަށް އެތެރެ ނުވެވޭނެ ކަމަށް އަންގައިފައެވެ. އެ ދެ ބޭފުޅުން އިޒްރޭލަށް އެތެރެވިޔަ ނުދީ ޤަައުމަށް އަނބުރާ ފޮނުވައިލީ އެ ދެ ބޭފުޅުން އިޒްރޭލަށް ދަތުރު ކުރެއްވީ ޔަހޫދީ ފައުޖުގެ ޙަރަކާތްތައް ބަލައި އެ ކަންކަން މީހުންނާ ހަމައަށް ފޯރު ކޮށްދީ އިޒްރޭލާ ދެކޮޅަށް މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތްކަތް ކުރެއްވުމަށް ކަމަށް ބުނެއެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ސެކެޓްރީ، ޑޭވިޑް ލެމީ ވިދާޅުވީ އިޒްރޭލުގެ އެ ޢަމަލަކީ އޭގެ ސަބަބުން އެ ޤައުމާމެދު މީހުންގެ ނަފުރަތު އިތުރުވާނެ ޢަމަލެއް ކަމަށެވެ. އަދި އެ ޢަމަލަކީ ކަންބޮޑުވާންޖެހޭވަރުގެ ކަމރެއ ކަމަށާއި އެއީ އެއްވެސް ޙާލެއްގައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކާ މެދު ޢަމަލު ކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް އިޒްރޭލު ސަރުކާރުގެ އިސް ވެރިން ގާތުގއި ސާފުކޮށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަނބުރާ ޤައުމަށް ފޮނުވާލި ދެ މެންބަރުންނާއެކު ތިބިކަމުގެ ޔަޤީންކަން އެރުވުމަށް ދެ ބޭފުޅުންނާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ މައި އަމާޒަކީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ދެމުންދާ ލާއިންސާނީ ޙަމަލާތައް، ޔަހޫދީން ޚިލާފުވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރުޖޫޢަ ކޮށްގެން ނިމުމަކަށް ގެނައުމާއި، ލޭއޮހޮރުވުންތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އަސީރުން މިނިވަން ކުރުމަކީ ވެސް އިނގިރޭސިވިލާތުން އިސްކަން ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިޘާއާ ގުޅިގެން މައްސަލައިގައި ހިމެނޭ ދެ މެންބަރުން ކަމަށްވާ ޔެންގާއި އަބްތިސާން ވަނީ އެކުގައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ބުނީ އިޒްރޭލުގެ ނިންމުމުގެ ސަބަބުން ދެ ބޭފުޅުން ވެސް އާޝޯހުވެފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ޔަހޫދީން ފޭރިގެންފައިވާ ފަަލަސްޠީނުގެ ބިންތަކުގައި ކަންތައްތައް ހިނގަމުންދާ ގޮތް ބެލުމުގެ ފުރުުޞަތު ލިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެތައް ބައިވަރު ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންތަކެއްގެ ތެރެެއިން އެ ދެ ބޭފުޅުންނަކީ ފާއިތުވި މަސްތަކުގައި ފަލަސްޠީނު-އިޒްރޭލު މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބައުވާން ޖެހޭނެ ކަމަށް ވިދާޅުވަމުންދިޔަ ދެ ބޭފުޅުންކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. ބައެއްގެ އަމާޒަކަށް ވެދާނެ ކަމުގެ ބިރެއް ނެތި ހަޤީޤަތާ އެއްގޮތަށް ޤާނޫނުހަދާ މަޖިލީހުގައި ވާހަކަ ދެއްކުމުގެ މިނިވަންކަން މެންބަރުންނަށް އޮންނަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވެސް އިޒްރޭލަށް އެތެރެވުން މަނާ ކޮށްފައެވެ. އޭގެ އިތުރުން މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ދެ މެންބަރުން އިޒްރޭލަށް އެތެރެވުމަށް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ. އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންތަކެއް އިޒްރޭލަށް އެތެރެވުން މަނާ ކޮށްފައި މި ވަނީ ޔަހޫދީން ރެޑް ކްރެސެންޓަށް ނިޞްބަތްވާ ފަލަސްޠީނުގެ 15 ޑޮކްޓަރުން ލާއިންސާނީ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައި ވަނިކޮށެވެ. ޑޮކްޓަރުން ދަކުރު ކުރަމުން ދިޔަ އުޅަނދަށް ޔަހޫދީން ޙަމަލާ ދިނީ އެ އުޅަނދުގެ އެމަޖެންސީ ސިގުނަލުތައް ނުދިއްލާ ހުރުމުން އެއީ ރެޑް ކްރެސެންޓުގެ އުޅަނދެއް ކަން ނޭނގި ކަމަށް ޔަހޫދީން ބުނި ނަމަވެސް އެ ޙަމަލާގައި ޝަހީދުވި ޑޮކްޓަރެއްގެ ފޯނުން ނަގާފައިވާ ވީޑިޔޯއަކުން އެއީ ބުހުތާނު ދޮގެއް ކަން ވަނީ މުޅި ދުނިޔެއަށް ފަޅާ އަރާފައެވެ. އެ ވީޑީޔޯއިން ފެންނަ ގޮތުގައި ޔަހޫދިން އުޅަނދަށް ޙަމަލާ ދިން އިރު އުޅަނދުގެ ސިގުނަލް ބޮކިތައް ހުރީ ދިއްލާފަައެވެ. އަދި އެއީ ރެޑް ކްރެސެންޓުގެ އުޅަނދެއް ކަން ސާފުކޮށް އެނގެން ހުރި ކަން ވީޑިޔޯއިން ސާބިތުވެއެވެ. އެ ޙަމަލާއާ ގުޅިގެން ޔަހޫދީންނަށް ވަނީ ބޮޑެތި ފާޑުކިޔުންޔައް އަމާޒު ވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
