
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ކޮންމެ ދުވަހަކު 100އެއްހާ ކުޑަކުދިން ޝަހީދުކޮށްލައި، ނުވަތަ ޒަޚަމު ކޮށްލަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. މާރިޗު 18ވަނަ ދުވަހު ޣައްޒާ ޢުދުވާން އަލުން ފެށި ފަހުން ޝަހީދު ކޮށްލާފައިވާ ނުވަތަ ޒަޚަމު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު އދން ހާމަކޮށްފައި މި ވަނީ ފަލަސްޠީނުގައި ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައެވެ. “ކުޑަކުދިންނަށް ޙަމަލާދީ ޝަހީދު ކުރުމުން ބަރިއްޔަވުމަށް [ޔަހޫދީންނަށް] ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ،” ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ. “މިއީ އިންސާނިއްޔަތު ކަމުގައި ޖެހިފައިވާ ކަޅު ލައްގަނޑެއް.” އޭނާ މި މޭރުމުން ވިދާޅުވެ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވާފައި މި ވަނީ، ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ޤަތުލުޢާންމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައި އެމެރިކާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޣައްޒާގެ ތިންބައިކުޅަ ދެބައި ފަޅުކޮށްލުން
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
މާރިޗު 18ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ތިންބައިކުޅަ ދެބައި ހުސް ކުރަން އަމުރުކޮށް، އެ ސަރަޙައްދުތައް ފަޅު ކޮށްލާފައެވެ. އޭގެ ތެރޭގައި އުތުރުގައި އޮތް ޣައްޒާ ސިޓީގެ ޝަޖާޢައްޔާއާއި ދެކުނުގައި އޮތް ރަފަޙުގެ ބިންތައް ހިމެނެއެވެ. ލެޓްޒަރީނީ ވިދާޅުވީ، ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނުގައި ޣައްޒާއަކީ ކުޑަކުދިންނަށް ދިރިނޫޅެވޭ ވަރުގެ ތަނަކަށް ބަދަލު ކޮށްލާފައިވާ ކަމުގައެވެ. އަދި، ކުޑަކުދިންގެ އެއްވެސް ހިއްސާއެއް، ބައިވެރިވުމެއް ނެތް ޢުދުވާނެއްގައި އެތަކެއް ސަތޭކަ ކުޑަކުދިންގެ ފުރާނަ ނަގައިލަމުންދާ ކަމުގައެވެ.
ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ބުނީ، މާރިޗު 18އަށް ފަހު ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 322އަށްވުރެ ގިނަ އަދަަދެއްގެ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތެރިން ރަސެލް ވިދާޅުވީ، ޢުދުވާންތައް މެދުކަނޑައިލުމުން ޣައްޒާގެ ކުޑަކުދިންނަށް ލިބިގެން ދިޔަ ތަސައްލީ އަނެއްކާ ވެސް ނިގުޅައިގަނެފައިވާ ކަމުގައެވެ. “ނަމަވެސް، އެ ކުޑަކުދިންނަށް އަނެއްކާ ވެސް އެ ވަނީ އަނިިޔާވެރިކަމުގެ ތެރެއަށް ވައްޓައިލާފައި، ޙައްޤުތައް ނިގުޅައިގަނެފައި،” އޭނާ ވިދާޅުވިއެވެ.
ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 17,000ން މައްޗަށް
ފަލަސްޠީނުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އޭޕްރިލް 5ވަނަ ދުވަހުއެވެ. ފަލަސްޠީނުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 17,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. “މި އަދަދުން ދޭހަކޮށްދެނީ، ޣައްޒާގެ ކުޑަކުދިން ތަހައްމުލު ކުރަމުންދާ އަނިޔާވެރިކަން، އޭގެ ކޮންމެ އަދަދަކީ ގެއްލުވައިލާފައިވާ ފުރާނައަށް، ހަނދާނެއް،” އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ޙަމާސުން ވެސް ވަނީ، ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރުމުގެ ޖައްބާރު ނިޔަތުގައި ޔަހޫދީ ފައުޖުން ގަސްދުގައި ދެމުންދާ ނިރުބަވެރި އަދި ރަޙުމު ކުޑަ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި، ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރި ކޮށްފައެވެ. “2023 އޮކްޓޫބަރު 7އަށް ފަހު އަނިޔާވެރިކަމާ އެކު ހައްޔަރު ކޮށްފައިވާ ކުޑަކުދިންގެ އަދަދު 1,100އަށް އަރާ، އަދި 39,000އަށްވުރެ ގިނަ ކުޑަކުދިންގެ މައިންނާއި ބަފައިން ވަނީ ޝަހީދު ކޮށްލާފައި،” އެ ޖަމާޢަތުން ހާމަކުރިއެވެ.
ޣައްޒާގެ އިތުރުން ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިން ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ހައްޔަރު ކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، 2023 އޮކްޓޫބަރު 7އަށް ފަހު ހުޅަނގު އައްސޭރިން ހައްޔަރު ކޮށްފައިވާ ކުޑަކުދިންގެ އަދަދު ވެސް 1,200އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން އެ ކުދިންނަށް އަނިޔާ ކުރުމާއި، ކާބޯތަކެއްޗާއި ޞިއްޙީ ފަރުވާއިން މަޙްރޫމުކޮށް ހައިހޫނުގައި ޖެއްސުމާއި، އިންސާނީ ޙައްޤުތައް ނިގުޅައިގަތުން ފަދަ ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމުގައި އެ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
