
ސްރީލަންކާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށް ބުނެފި އެވެ. އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޖުލައި ފަހަކަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ލަންކާ މިހާރު ވަނީ ތައްޔާރުވާން ފަށައިފި އެވެ. އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް، ޖަސްވަރު އުމަރު ވިދާޅުވީ “ދެކުނު އޭޝިޔާގެ ވޯލްޑްކަޕް” ލަންކާގައި ބޭއްވުމަކީ އެ ގައުމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“ހަމަ މިއާއެކު ބުނަން ޖެހެނީ އަހަރުމެންގެ އަމާޒަކީ މި ފަހަރު މި ތަށި ކާމިޔާބު ކުރުން. ސަބަބަކީ މި ތަށި އަހަރުމެންނަށް ނުލިބޭތާ ވަރަށް ދުވަސް ވެއްޖެ. އަހަރުމެންނަށް 1995ގައި ތަށި ހޯދުނު. އޭގަ ފަހުން ތަށި ލިބިފައިނުވޭ. އެކަމަކު އަހަރުމެންގެ މިހާރު ރަނގަޅު ޓީމެއް އެބައޮތް،” ޖަސްވަރު ވިދާޅުވި އެވެ. މި ގޮތުން އޭނާ ވިދާޅުވީ ފީފާ ރޭންކިންގައި ލަންކާ އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ލަންކާ ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށާއި މުބާރާތަށް ކުރަންޖެހޭ މަސައްކަތްތައް ލަންކާގެ ސަރުކާރާ މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބާއްވާއިރު އެ ގައުމުގައި ހާއްސަކޮށް ފުޓްބޯޅައިގެ ރަނގަޅު ވަސީލަތްތައް ނެތުމަކީ ސަރަހައްދީ ގައުމުތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މުބާރާތުގައި މި ފަހަރު ސާކް ސަރަހައްދުގެ ހުރިހާ ގައުމަކުން ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެއީ ލަންކާ އާއި ދިވެހިރާއްޖެ އަދި ބަނގްލަދޭޝް އާއި ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
