
(ފޮޓޯ ކްރެޑިޓްސް: ސިޑިބަރި)
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދި ފުރަތަމަ ފަހަރެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި 29 ޓީމެއް ވަނީ ވާދަކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅެފައިވަނީ ރެއެވެ. ރޭ ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ވަނީ ފައިނަލް މެޗު ބައްލަވާލައްވާފައެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު ޓީއެފްޓީން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންކީ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމް 11-7 އިން ކާމިޔާބުކުރީ އެތެރެއިން ކުޅެމުން ދިޔަ ޓީއެފްޓީންނެވެ. އަދި ދެވަނަ ގޭމު 7-7 އިން އެއްވަރުކޮށް ޓީއެފްޓީ ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދީ ލޮރެންޒޯ ސްޕޯޓްސް ކުލަބުންނެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ގަދަ ހިފުމުގައި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ޒެޕޯ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޭރުން ކުޅެމުން އައި ޒެޕޯއެވެ. އެކަމަކު ލޮރެންޒޯއިން ވަނީ ދެވަނަ ގޭމު 10-4 އިން ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ގަދަ ހިފުމަށްދިޔައިރު، ލޮރެންޒޯއިން ވަނީ ފުރަތަމަ ދެ ހިފުންވެސް ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުނުއިރު، ފައިނަލް މެޗު ޓީއެފްޓީން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ގޭމުންނެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ގޭމު އެތެރެއިން ކުޅެމުން އައި ޓީއެފްޓީން ވަނީ 9-3 އިން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޭމު 5-5 އިން އެއްވަރުވުމާއެކު ޓީއެފްޓީއަށް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ. މި ފަހަރުގެ މުބާރާތަށް “ޕީއެސްއެމް އެއަރ” މެދުވެރިކޮށް ވަނީ އެންމެ މަގުބޫލް ޓީމާއި އެންމެ މަގުބޫލް ކުޅުންތެރިޔާ ހޮވުމަށް ހުޅުވާލާފައެވެ. އެގޮތުން އެންމެ މަގުބޫލް ކުޅުންތެރިޔަކަށް ކުޑަ ހެންވޭރު ލަޔަންސްގެ އިބްރާހީމް ލުބާން ހޮވުނުއިރު، އެންމެ މަގުބޫލް ޓީމަކީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ.
މި ފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޗެމްޕިއަންކަން ހޯދި ޓީއެފްޓީއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު އެ ޓީމުގެ ކޯޗު އަޙްމަދު ނާޒިމް ހޯދިއިރު، މި އަހަރުގެ މިސްޓަރ ބައިބަލާގެ މަގާމު ހޯދާފައިވަނީ ލޮރެންޒޯގެ އަބްދުﷲ ނިޝާންއެވެ. މިއީ އޭނާ މިސްޓަރ ބައިބަލާގެ މަގާމު ހޯދި ތިންވަނަ ފަހަރެވެ. ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
