
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުން ލަންކާގެ ޓީމަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ތާވަލުކޮށްފިއެވެ. ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމާ ލަންކާގެ ޓީމާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. މިކަމާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އަށް މައުލޫމާތުދެމުން ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އިސްމާޢީލް ނިހާދު ބުނީ މި މެޗުތައް ކުރިއަށްދާނީ ހަތަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ޖުމްލަ ހަތަރު މެޗު ކުޅުމަށް ތާވަލުކޮށްފައިވާއިރުރު، ފުރަތަމަ ދެ ދުވަހު ކުރިއަށްދާނީ ޓީ20 ދެ މެޗު ކަމަށާއި، އެއަށްފަހު ކުރިއަށްދާނީ 50 އޯވަރުގެ ދެ މެޗު ކަމަށް ނިހާދު ބުންޏެވެ. ރާއްޖޭގެ ގައުމީ ޓީމާ ވާދަކުރުމަށް އަންނަނީ ލަންކާގެ ކެންޑީއަށް ނިސްބަތްވާ ކުލަބެކެވެ.
“ލަންކާ ޓީމު އަޅުގަނޑު ގަބޫލުކުރަނީ ފުދޭވަރަކަށް ރަނގަޅު ޓީމަކަށް ވާނެކަމަށް. ދެން ހަމަ މިކުދިންގެ ފަރާތުން (ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން) ރޯދަމަހާ އެހެނިހެން މަސްތަކުގަ ޕްރެކްޓިސްކުރި ކުރުމުގެ ނަތީޖާ ފެންނާނެކަމަށް ގަބޫލުކުރަނީ” ކުރިއަށް އޮތް މެޗާ ގުޅޭގޮތުން ނިހާދު ބުންޏެވެ. ލަންކާގެ ޓީމާ ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފަވާއިރު، ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަތައް ކަމަށް ނިހާދު ފާހަގަކުރިއެވެ. އޭނާ ބުނީ އެކަން އެހެންވާން ދިމާވީ ރޯދަ މަހާ ގުޅިގެން ފަރިތަކުރުންތައް މަޑުޖެހި، އަލުން ފަރިތަކުރުންތައް ފެށުމާ ދޭތެރޭ ދިގު މުއްދަތެއް ހޭދަވުމުން ކަމަށެވެ. “މިހާރު ކްރިކެޓަކީ ވަރަށް ފިޓުވެގެން ކުޅެވޭ އެއްޗެއް. އަޅުގަނޑުމެންވެސް އަނެއްހެން ކޮމްޕީޓްކުރާ ޓީމުތައްވެސް ފުދޭވަރަކަށް ފިޓްނެސް ރަނގަޅުކަމަށް ފެންނަނީ.” ނިހާދު ބުންޏެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސްއަށް ޚާއްސަ ސަމާލުކަމެއްދީގެން ފަރިތަކުރުންތައް މިހާރު ފަށާފަވާއިރު، މިކަމަށް ޚާއްސަ ފިޓްނަސް ކޯޗެއްގެ އެހީތެރިކަންވެސް ހޯދާފައިވާކަމަށް ނިހާދު ބުންޏެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް އެއް ފެންވަރެއްގައި ދެމެހެއްޓުމަށް ދިމާވާ އަނެއް ދައްޗަކީ އެއް މުބާރާތާ އަނެއް މުބާރާތާ ދެމެދު އޮންނަ މުއްދަތު މާ ބޮޑަށް ދުރުވުމާއި، ބައެއް ހާލަތްތަކުގައި ފަރިތަކުރުންތައް ވަގުތީގޮތުން ހުއްޓާލަންޖެހުންފަދަ ކަންކަން ދިމާވުން ކަމަށްވެސް ވަނީ ބުނެފައެވެ. ލަންކާ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކަށް ރާއްޖޭގެ ގައުމީ ޓީމުން ނިކުންނައިރު، އެންމެ ބޮޑު އަމާޒަކީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދުން ކަމަށް ނިހާދު ބުންޏެވެ. ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ރަނގަޅު ޕާފޯމަންސްއެއް ނެރުމަށްޓަކައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އެއްބާރުލުން ދިނުން މުހިންމު ކަމަށް ނިހާދު ބުންޏެވެ.
“އެހެންވީމަ ޑިފަރެންސްއެއް އަންނާނެ. އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބީއެއް ހޯދާނަން” ރާއްޖޭގެ ގައުމީ ޓީމުން މަސައްކަތްކުރާނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހޯދުމަށްކަމަށް ނިހާދު ބުންޏެވެ. ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމާ ލަންކާގެ ޓީމާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހުގެ މެންދުރު ފަހު 2:00 ގައި ފުރަތަމަ މެޗު ކުޅޭއިރު، ދެވަނަ މެޗު ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 ގައެވެ. އަދި ހުކުރު ދުވަހުގެ މެޗު ހެނދުނު 07:45 ގައި ފަށާއިރު، އެންމެ ފަހު މެޗު ތާވަލުކޮށްފަވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އަށެވެ. އެކުވެރިކަމުގެ ހަތަރު މެޗު ލަންކާ ޓީމާއެކު ކުޅެވޭއިރު، މި މެޗުތައް ކުރިއަށްދާނީ މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
