
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ދިމާވާ ގިނަ މައްސަލަތަކަކީ ނިޒާމުގެ ތެރެއިން ދިމާވާ މައްސަލަތަކެއްކަމަށާއި، އަވަސް މުސްތަގުބަލެއްގައި މިފަދަ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވު ވާހަކަފުޅުގައެވެ.
އިނގިރޭސިވިލާރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިފަދަ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ރަނގަޅަށް އެނގިގެންދާކަމަށެވެ. އަދި ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް އިތުރަށް ފަސޭހަވެގެންދާކަމަށެވެ. ރައީސް ވަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ކުދިންނާއި، ލޯނު ނަގައިގެން ނުވަތަ އަމިއްލަ ޚަރަދުގައިވެސް މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން މި ސަރުކާރުން ފޯރުދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެގޮތުން ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފައިސާ ދޫކުރުމުގައި ދިމާވާ މައްސަލަތައްކަމަށާއި މި މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.
“އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތްތަނުގަ އެއީ ސްޓައިފަންޑް ކަމަށްވިޔަސް އަދި ޓިއުޝަންފީ ޖަމާކުރުމުގައި ކަމުގައިވިޔަސް ސަރުކާރުގެ ނިޒާމުގެ ތެރެގައި ހުންނަ އިންއެފިޝެންސީޒްތައް ހައްލުކޮށްދޭނަން. މިސާލަކަށް އަޅުގަނޑަށް އެންމެ ގިނައިން އައިސްފަހުރި ހަމަ ވަރަށް ޖެނުއިން ކޮންސާންއެއްގެގޮތުގައި އައިސްފައިހުރިކަމެއް ސަރުކާރުގެ ކަމާބެހޭ އިދާރާގެ ރެސްޕޮންސްދައްވުމާ މިކަހަލަ ކަންތައްތައް. އީމެއިލްއަށް ޖަވާބުދިނުން ކަހަލަ ކަންތައްތައް. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު އެޑްރެސްކުރާނަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކަކީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއްކަމަށާއި، މި މައްސަލަތައް ޙައްލުކުރުމާއެކު، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. “ނިޒާމުގެތެރޭގަ ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝެންޓްކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބުދިނުމާއި އަވަހަށް އޮން ޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުން ކަހަލަ ކަންކަމާ މި ކަންކަން ރަނގަޅުކޮށްދޭނަން އިރާދަކުރެއްވިއްޔާ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެއްހަމައަކުން ސަމާލުކަންދީގެން މި މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި އަދި “ހަބެއް”ގެ ގޮތުގައި ބޭނުންކުރަމުންދިޔަ “ނަމްބަރ 9 ރޯޒްމަންޓް އެވެނިއު” ޢިމާރާތް އަލުން އެކުދިންގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ޢިމަރާތެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
