
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްރީ ލަންކާގައި ހަކަތައާ ގުޅޭ މައި މަރުކަޒެއް ޤާއިމު ކުރުމަށް އިންޑިޔާއާއި އެކުވެރި ޢަރަބި ޢިމާރާތުން އެއްބެސްވެފައިވާ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ. އިންޑިޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ސްރީ ލަންކާއާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްރީ ލަންކާގެ ވެރިކަމާ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ ޙަވާލުވެވަޑައިގެންނެވި ފަހުން ބައިނަލްއަޤްވާމީ ލީޑަރަކު ސްރީ ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
2022ވަނަ އަހަރުން ފެށިގެން އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލަމުންދާ ސްރީ ލަންކާއިން ދަނީ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޙާލަތުގައި އިންޑިޔާއިން ވަނީ ހަތަރު ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ސްރީ ލަންކާއަށް ފޯރުކޮށްދީފައެވެ. ފާއިތުވި ދުވަސްތަކުގައި ދެ ޤަައުމުން ވަނީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިޔާއާއި އެކުވެރި ޢަރަބި އިމާރާތުން ސްރީ ލަންކާގައި ޤާއިމު ކުރާ ހަކަތަ ހަބު ޤާއިމް ކުރާނީ އިސްތިރާޖީ ގޮތުން މުހިންމު ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައެވެ. މި މަޝްރޫޢުގެ ދަށުން ތަފާތު އެކި ވައްތަރުގެ ތެޔޮ ދައުރު ކުރެވޭ ޕައިޕްލައިނެއް ޤާއިމު ކުރާނެއެވެ. މި މަޝްރޫޢުގެ ދަށުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުން ކުރި ޓޭންކު ފާމެއް ވެސް ބޭނުން ކުރުން އެކަށީގެންވެއެވެ. އިންޑިޔާގެ ޚާރިޖީ ވަޒީރު ވިކްރާމް މިސްރީ ވިދާޅުވީ އެ ޓޭންކު ފާމަކީ އިންޑިޔަން އޮއިލް ކޯޕުގެ ސްރީ ލަންކާގެ ސަބްސިޑަރީ ކުންފުންޏެއްގެ ބާރު ކޮންމެވެސް ވަރަކަށް ހިންގާ ތަނެއް ކަމަށެވެ.
މިސްރީ ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތަކީ ހަކަތައިގެ ދާއިރާއިން އިންޑިޔާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދުގައި ހިންގާ މި ފަދަ ފުރަތަމަ މަޝްރޫޢުގައި އެ ޤަައުމު ބައިވެރި ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިއާ ގުޅޭ މަޝްވަރާތައް ފެށުމުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އެކުވެރި ޢަރަބި އިމާރާތުން ޢަދާ ކުރާނެ ދައުރު ސާފު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ސްރީ ލަންކާއިން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ބައިވެރި ކުރާނެ ވިޔަފާރިތައް ކަނޑައަޅާނެއެވެ. އެ ވިޔަފާރިތަކުން މަޝްރޫޢުއަށް ހޭދަ ވާނެ ފައިސާގެ ޢަދަދު ބަލައި އެ ފައިސާ ހޯދާނެ ގޮތްތައް ބަލާނެއެވެ. އަދި އެ މަޝްރޫޢުއަކީ ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ގެންދެވޭނެ މަސައްކަތެއް ތޯ ވެސް ޔަޤީން ކުރާނެއެވެ.
ސްރީ ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ އިރުން ހަކަތަ އުފެއްދުމާ ގުޅޭ މަޝްރޫޢުއެއް ވެސް ވަނީ އިފްތިތާހު ކޮށްދެއްވައިފައެވެ. 100 މިލިޔަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢުއަކީ ސޭލޮން އިލެކްޓްރިސިޓީ ބޯޑާއި އިންޑިޔާގެ ތާމަލް ޕަވަރ ކޯޕުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އިންޑިޔާއާއި ސްރީ ލަންކާއިން ވަނީ ސްރީ ލަންކާއިން އިންޑިޔާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭ ނިންމުންތަކެއް ވެސް ނިންމާފައެވެ. މިސްރީ ވިދާޅުވި ގޮތުގައި ސްރީ ލަންކާއިން އިންޑިޔާގެ އެކްޒިމް ބޭންކަށާއި ސްޓޭޓް ބެންކް އޮފް އިންޑިޔާއަށް 1.36 ބިލިޔަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހެއެވެ. އެ ގޮތުން މި ދަރަނިތައް ލުއި ގޮތަކަށް ޢަދާ ކުރެެވޭނެ ގޮތްތަކަކާ ގުޅޭގޮތުން އެއްބަސްވެފައިވާ ކަމަށް މިސްރީ ވިދާޅިޅުވިއެވެ. އޭގެ އިތުރުން ކަރަންޓު ވިޔުގައާއި ޑިޖިޓަލައިސޭޝަނާއި ސަލާމަތީ ދާއިރާއާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި އެއްބަސްވުންތަކުގައި ވެސް ދެ ޤައުމުން ސޮއި ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
