(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގައި ދިރިއުޅެމުންދާ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރެއިން 180,000 މީހުން އެނބުރި ވަޒަނަށް ދިޔުމަށް ޝަރުޠު ހަމަވާ ކަން މިޔަންމާގެ ސަރުކާރުން ކަށަވަރު ކޮށްދީފައިވާ ކަން ބަންގްލަދޭޝުން ހާމަކޮށްފިއެވެ. މިޔަންމާގެ ރާކައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް މުސްލިމުން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރުން އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށެވެ. ބަންގްލަދޭޝްގައި ތިބި މިލިޔަނަކަށް ވުރެ ގިނަ ރޮހިންޔާއިންގެ ތެރެއިން 180,000އެއްހާ މީހުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ޝަރުޠު ހަމަވާ ކަން މިޔަންމާގެ އަސްކަރީ ސަރުކާރުން ކަށަވަރު ކޮށްދީފައި ވަނީ، ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި ބަންގްލަދޭޝްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކެއްގައި ކަމުގައި ބަންގްލަދޭޝްގެ ސަރުކާރު މީޑިޔާ އޮފީހުން ބުންޏެވެ. ނަމަވެސް، އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ ހުރިހާ ރެފިއުޖީންނަށް އޮންނަން ޖެހޭނެ ކަމުގައި އެ މީހުން ޤަބޫލު ކުރެއެވެ.
ބަންގްލަދޭޝްގެ އިރުދެކުނުގައި އޮތް ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުގައި ރޮހިންޔާ ދަރިކޮޅުގެ މިލިޔަނަކަށް ވުރެ ގިނަ އަދަދެއްގެ ރެފިއުޖީން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ރޮހިންޔާއިން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ. އެ މީހުންގެ ވަޒަން ދޫކޮށް ބަންގްލަދޭޝަން ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް 2017ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށެވެ. މިއަދާ ޖެހެންދެން ވެސް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމަށް މެދުކެނޑުމެއް ގެނެސްފައެއް ނެތެވެ. ހުސްވި 2024ވަނަ އަހަރުގެ ތެރޭގައި ވެސް 70,000އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ވަޒަން ދޫކޮށް ބަންގްލަދޭޝަން ހިޖުރަ ކޮށްފައިވާ ކަމުގައި ރެކޯޑުތަކުން ދައްކައެވެ. ރާކައިން ސްޓޭޓުގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކާބޯތަކެތި ލިބޭނެ މަގެއް ނެތި، ހައިހޫނުގައި ޖެހުމުގެ ބިރުވެރިކަމެވެ. އަދި، ނުރައްކަލަކީ މިޔަންމާގެ އަސްކަރިއްޔާގެ އިތުރުން ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގަމުންދާ ލޭއޮހޮރުވުމެވެ.
2018 އާއި 2020ވަނަ އަހަރާ ދެމެދު ބަންގްލަދޭޝުން ވަނީ އެ ޤައުމުގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ ލިސްޓުތަކެއް މިޔަންމާގެ ސަރުކާރާ ހިއްސާ ކޮށްފައެވެ. އަނބުރާ ވަޒަނަށް ދިޔުމުގެ ޝަރުޠު ހަމަވާ 180,000 މީހެއްގެ ނަން މިޔަންމާގެ އަސްކަރީ ސަރުކާރުން ކަނޑައަޅާފައި ވަނީ އެ ލިސްޓުތަކުގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އިތުރު 70,000އެއްހާ މީހުންގެ މަޢުލޫމާތު އެއްކޮށް، މިޔަންމާގެ އަސްކަރީ ސަރުކާރުން އެ މީހުންގެ ހާލަތު ވަޒަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބަންގްލަދޭޝްގެ ސަރުކާރު މީޑިޔާ އޮފީހުން ބުނީ، ބާކީ ތިބި 550,000އެއްހާ މީހުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރަމުންދާ ކަމުގައި މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފައިވާ ކަމުގައެވެ. ނަމަވެސް، މިިޔަންމާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
2018އާއި 2019ވަނަ އަހަރު ބަންގްލަދޭޝްގައި ތިބި ރޮހިންޔާއިން އަނބުރާ ޤައުމަށް ފޮނުވައިލުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅިފައި ވަނީ، މިޔަންމާގައި އެ މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް ބުނެ، އެ މީހުން އެ ކަމަށް އިންކާރު ކުރުމާ ގުޅިގެންނެވެ. މިޔަންމާއަށް އެނބުރި ދިޔުމުން ރައްޔިތުކަން ކަށަވަރުކޮށްދީ، އެ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިންސާނީ ކަރާމާތް ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީން ކަން މިޔަންމާގެ އަސްކަރީ ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމުގައި އެ މީހުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަދުވެސް އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފަވަނީ ހއ. އަތޮޅުން ފެށިގެން...
ނަރުދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ނަރުދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި...
ޅައިމަގުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފި
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ޅައިމަގުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ...
ކުލަގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ހުޅުވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ...
ކަނޑިތީމުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ށ. ކަނޑިތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ކަނޑިތީމުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި...
ށ. ގޮއިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ށ. ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ގޮއިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެރަށުގައި ބޭއްވި ޚާއްސަ...