
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާ ކުރުމަށް ތައްޔާރަށް އޮތް ކަން ސްރީ ލަންކާއިން ހާމަކޮށްފިއެވެ. އެ ޤައުމުގެ ސަރުކާރުން ބުނީ، އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމުގެ ގޮތުން، އިންޕޯޓުޑިޔުޓީ ފަދަ މަޙުޞޫލުތައް ދަށްކޮށް އެހެނިހެން ހުރަސްތައް ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ތައްޔާރަށް އޮތް ކަން ސްރީ ލަންކާއިން ހާމަކޮށްފައި މި ވަނީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި، އެ ކަން ތަންފީޒު ކުރައްވަން ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. ސްރީ ލަންކާގެ މާލީ ވުޒާރާއިން ބުނީ، އެ ޤައުމުން ބޭރު ކުރާ މުދަލުން ނަގާ ޑިޔުޓީ %44އަށް އިތުރު ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އަދި، އެ ނިންމުމުގެ ސަބަބުން ސްރީ ލަންކާއިން ބޭރުކުރާ 3 ބިލިޔަން އެމެރިކާ ޑޮލަރުގެ މުދަލަށް ނޭދެވޭ އަސަރު ކުރާނެ ކަމުގައެވެ.
އެ ނިންމުމާ އެކު ސްރީ ލަންކާއާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން އިންވެސްޓްމެންޓުތަކަށް ހީނަރު ކަން އަންނާނެ ކަމުގައި ސްރީ ލަންކާގެ މާލީ ވުޒާރާއިން ޤަބޫލު ކުރެއެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު ސްރީ ލަންކާގެ އިޤުތިޞާދަށް ހީނަރުކަން އައުމަކީ އެ ޤައުމަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާއަށް ކުރިމަތިވި މާލީ ކާރިސާއިން އަރައިގަތުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ބޭރު ފައިސާގެ ރިޒަރވް ހުސްވެ، މުދާ އިންޕޯޓު ކުރުމަށް ހުރަސްއެޅި، އެ ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި، ސިޔާސީ ހަލަބޮލިކަން ބޮޑުވެ، ޤައުމު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ.
“ބައިނަލްއަޤުވާމީ ވިޔަފާރީގެ ސަބަބުން އަޅުގަނޑުމެންނަށް [ސްރީ ލަންކާގެ އިޤުތިޞާދަށް] ކުރާނެ އަސަރުތަކާއި، މުދަލަށް އޮތް ޑިމާންޑު ދަށްވުމާ އެކު އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް،” އެ ޤައުމުގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް އެ ޤައުމުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނެއް ނެގުން ހިމެނެއެވެ. އެ ނިންމުމާ އެކު، ހުސްވި އަހަރު ސްރީ ލަންކާގެ އިޤުތިޞާދު %5ން ކުރިއަރާފައިވާ ކަމުގައި އެ ޤައުމުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
