
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ތިންބައިކުޅަ ދެބައި ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ސަރަޙައްދުތައް ފަޅުކޮށްލާފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެންމެ ފަހުން ހުސް ކުރުމަށް އަމުރު ކޮށްފައި ވަނީ އެ ސަހަރުގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އިތުރުން އެންމެ ދެކުނުގައި އޮފް ރަފަޙުގެ ބައެއް ސަރަޙައްދުތަކެވެ. އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ދަނީ އެ ސަރަޙައްދުތަކުގައި ތިބި މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,042އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޣައްޒާ ސިޓީގެ ޝަޖާޢައްޔާ އަދި ރަފަޙުގެ ދެކުނު ހުސްކުރުން
އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ، ޣައްޒާގެ ތިންބައިކުޅަ ދެބައި ސަރަޙައްދެއް ހުސްކުރުމަށް އަމުރުކޮށް، އެ އަމުރު ތަންފީޒު ކުރުމަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން، ބަރުހަތިޔާރާ އެކު މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ގޮތުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަޒަނުން ބޭލުމަށް އަމުރުކޮށް، އެ ކަމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ޙަމަލާތައް އަމާޒު ކުރަމުންދާއިރު، އަނެއްބައި ސަރަޙައްދުތަކަށް ދަތުރު ކުރުން ޣައްޒާގެ ރައްޔިތުންނަށް މަނާ ކޮށްފައިވާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.
ރަފަޙުގެ އެންމެ ދެކުނުން އޮތް ސަރަޙައްދުތައް ހުސްކޮށް، އެ ސަރަޙައްދުތަކުން ފޭބުމަށް، އެ ސަރަޙައްދުތަކުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ޔަހޫދީ ފައުޖުން އަމުރު ކޮށްފައި ވަނީ މާރިޗު 31ވަނަ ދުވަހުއެވެ. އެއަށްފަހު، ޔަހޫދީ ފައުޖުން ވަނީ ޣައްޒާއާއި ޒަޔަނިސްޓު އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގުގައި ޤާއިމު ކޮށްފައިވާ ބަފަރ ޒޯން، ނުވަތަ ސަލާމަތީ ރޮނގު އެ ސަރަޙައްދާ ގުޅައިލައި، ފުޅާ ކުރުމުގެ މަސައްކަތް ފަށާފައެވެ. އުތުރުގައި އޮތް ޣައްޒާ ސިޓީގެ ޝަޖާޢައްޔާ ސަރަޙައްދަށް ވެރިވެގަތުމަށް ޔަހޫދީ ސިފައިން މަސައްކަތް ފަށާފައި ވަނީ އޭޕްރިލް 4ވަނަ ދުވަހުއެވެ. މި ގޮތުން، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުން މަޖުބޫރުން ވަޒަނުން ބޭރު ކުރުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ސަރަޙައްދުތައް ދޫކޮށް އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާ
ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކާއި ލާއިންސާނީ ޖަރީމާތައް އިތުރުކޮށް ފުޅާ ކުރަމުން މި ދަނީ، ޣައްޒާގެ އިތުރު ބިންތަކެއް ފޭރިގަންނާނެ ކަމުގެ އިންޒާރު ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާ ފޮތިފޮތިކޮށް، ބައެއް ސަރަޙައްދުތައް ފޭރިގަންނާނެ ކަމަށް ބުނެ، އޭނާ ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިިބި އަސީރުން މިނިވަން ކުރުމަށް ބާރު އަޅަމުންދާ ކަމަށް ބުނެފައެވެ.
އޭޕްރިލް 4ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެެވެ. ހުކުރު ދުވަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 38އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އޭޕްރިލް 3ވަނަ ދުވަހު، ޣައްޒާގެ އުތުރަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާތަކުގައި 112 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާ ސިޓީގައި ހުރި ތިން މަދަރުސާއަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ، ގެދޮރު ނެތިކޮށް، މަގުމަތި ކޮށްލާފައިވާ މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މަދަރުސާތަކެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
