
އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ އާސެނަލް އާއި އެވަޓަން މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މި ނަތީޖާ އާއިއެކު އާސެނަލް އިން ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަކަށް ވަނީ ހީނަރުކަން ލިބިފަ އެވެ. އާސެނަލް އަށް ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 62 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލް އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 73 ޕޮއިންޓެވެ. އެވަޓަން އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގ 14 ވަނައިގަ އެވެ. އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗުގައި އާސެނަލް އިން ވަނީ މެޗު ޑޮމިނޭޓްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި މެޗުގައި އެވަޓަންގެ ކީޕަރު ޕިކްފޯޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.
މެޗުގެ 34 ވަނަ މިނިޓުގައި އާސެނަލްގެ ރަހީމް ސްޓާލިން ދިން ޕާހަކުން ލިއަންދްރޯ ޓްރޮސާޑް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޓްރޮސާޑް ފޮނުވާލި އިތުރު ހަމަލައެއް ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އެވަޓަން އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ އެވަޓަންގެ ޖެކް ހެރިސަން އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިލިމަން އެންޑިއާއޭ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ވަނީ ކާމިޔާބުކޮށް ތާވަލުގެ ހަވަނަ މަގާމް ހޯދާފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން އެސްޓަން ވިލާއަށް ވަނީ 51 ޕޮއިންޓާއެކު ހަވަނަ ލިބިފަ އެވެ. ފަސްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށްވެސް 51 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ. ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވާ 57 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނަ މަގާމުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
