
ފްރެންޗް ލީގުގައި ބާކީ ހަ މެޗު ކުޅެން އޮއްވައި ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ. ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދާފައިވަނީ ރޭ އެންޖާރސް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗަށް ނިކުތްއިރުވެސް ޕީއެސްޖީ އަށް ޕޮއިންޓެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. މި މެޗުން މޮޅުވުމާއިއެކު ޕީއެސްޖީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 74 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 28 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.
އެންޖާރސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޒުވާން މިޑްފީލްޑަރ ޑިސަޔާ ޑުއޭ އެވެ. ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ލީގުގައި ހަ މެޗު އަދި ކުޅެން އޮއްވާ ޗެމްޕިއަންކަން ލިބުނު ނަމަވެސް އެ ޓީމުން ބޭނުންވަނީ ކުރިއަށް އޮތް ހަ މެޗުންވެސް މޮޅުވާން ކަމަށެވެ. ޕީއެސްޖީ އިން މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އޭގެ ތެރެއިން 23 މެޗުން މޮޅުވެފައިވާއިރު ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ.
ލީގުގައި ބާކީ އޮތް ހަ މެޗުން ބަލިނުވެ ޕީއެސްޖީ ލީގު ނިންމާލައިފިނަމަ އެ ޓީމު ވެގެންދާނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ ލީގު ނިންމާލީ ހަތްވަނަ ޓީމަށެވެ. މީގެ ކުރިން މި ރެކޯޑް ހަދާފައިވާ ކްލަބްތަކަކީ 2024 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ބެޔާ ލެވަކޫސަން އާއި 2012 ވަނަ އަހަރު ސެރިއާގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އާއި 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އާސެނަލް އާއި 1992 ވަނަ އަހަރު ސެރިއާގެ ޗެމްޕިއަން އޭސީ މިލާނުގެ އިތުރުން 1979 ގެ ޗެމްޕިއަން ޕެރޫޖިއާ އަދި 1889 ވަނަ އަހަރުގެ ޗެމްޕިއަން ޕްރެސްޓަން ނޯތު އެވެ.
ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދާފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އެސްޓަން ވިލާ އާއި ދެކޮޅަށް މި މަހު ނިކުންނާނެ އެވެ. އަދި އަންނަ މެއި މަހުގެ ފަހުކޮޅު ފްރެންޗް ކަޕްގެ ފައިނަލުގައި ރެއިމްސް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭނެ އެވެ. އެހެންކަމުން މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
