
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ބާސެލޯނާއަށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ. ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވިއިރު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން 67 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ސާޅީސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނަވަގުތު ބާސެލޯނާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ މި މެޗުން މޮޅުވެވޭ ގޮތް ނުވެފަ އެވެ. މި ނަތީޖާ އާއިއެކު މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ބާސެލޯނާ މޮޅުވަމުން އައި ރެކޯޑް ވަނީ ހަތް މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ.
މެޗުގެ ހަތްވަނަ މިނިޓުގައި ބާސެލޯނާގެ ފެރާން ޓޮރޭސް ދިން ބޯޅަ އަކުން ގަވީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދިން ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ރެއާލް ބެޓިސްގެ ޑިފެންޑަރ ނަތަން ވަނީ އެ ޓީމަށް ލިބުނު ކޯނަރު ލޮސެލްސޯ ނަގައިދިން ވަގުތު ބޮލުން ޖަހާ ބާސެލޯނާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ލީޑު ނަގަން ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ޑިފެންޑަރ ޖޫލްސް ކޫންޑޭ ފޮނުވާލި ބާރު ހަމަލާ ބެޓިސްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަންނަ ބުދަ ދުވަހުގެ ރޭ ބާސެލޯނާ ނިކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
