
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ. މި މެޗުން ރެއާލް މެޑްރިޑް ބަލިވުމާއިއެކު އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާއި ދެމެދުވާ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރު ވެފަ އެވެ. ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ފަނަރަ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުކްތާރު ޑިއަހާބީ އެވެ.
ވެލެންސިއާއިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ރެއާލް މެޑްރިޑް އިންވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ރެއާލް މެޑްރިޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ކިލިއަން އެމްބާޕޭ އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ވިނިޝިއަސް ޖޫނިއަރ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ޖިއޮޖީ މަމަރްދާޝްވިލި ވަނީ މަތަކޮށްފަ އެވެ. މިއީ މި ސީޒަނުގައި ވިނިޝިއަސް އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ. އަދި މި ސީޒަނުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީތަކުގެ ތެރެއިން އެ ޓީމަށް ނާކާމިޔާބުވި ފަސްވަނަ ޕެނަލްޓީ އެވެ. މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި އެ ޓީމަށް 16 ޕެނަލްޓީ ލިބިފައިވާއިރު 11 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ދިން ޕާހަކުން ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ސެންޓީއާގޯ ބާރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ވެލެންސިއާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު ސިކުންތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހޫގޯ ޑޫރޯ އެވެ.
މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު ފުރަތަމަ ޓީމު ނެގުމަށް ކޯޗު ކާލޯ އެންޗެލޮއްޓީއަށް ވަނީ އުނދަގޫ ތަކާއި ކުރިމަތިވެފަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން އެއްވަނަ ކީޕަރު ކޯޓުއާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުރިއިރު, ލެގާނެސް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ދެވަނަ ކީޕަރު އެންޑްރީ ލުނިންއަށްވެސް ވަނީ އަނިޔާވެފަ އެވެ. އެހެންކަމުން މި މެޗަށް އެންޗެލޮއްޓީ ނެރެފައިވަނީ އެންމެ 19 އަހަރުގެ ފްރޭން ގޮންޒާލޭޒް އެވެ. މިއީ 1999 ވަނަ އަހަރު 18 އަހަރާއި 115 ދުވަހުން އިކާ ކަސިއާސް އަށްފަހު ރެއާލް މެޑްރިޑަށް ލަލީގާއި ކުޅުނު އެންމެ ޒުވާން ކީޕަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
