
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިނިގިރޭސިވިލާތުގައި ހުންނަ ރޯޒްމަންޓް އެވެނިއުއަކީ ދިވެހި ދަރިވަރުންނަށް މުހިންމު އަދި ބޭނުންތެރި ތަނަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލަންޑަނުގެ ނޯތްފިންޗްލީގައި ހުންނަ “ނަމްބަރ 9 ރޯޒްމަންޓް އެވެނިއު” ޢިމާރާތަކީ އެމަނިކުފާނުގެ ތަޢުލީމީ ދައުރުގައިވެސް އަދި އޭގެ ކުރީ އަހަރުތަކުން ފެށިގެންވެސް ދިވެހި ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްކަމަށެވެ. އަދި މި ޢިމާރާތަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަމަށާއި، އޭރުވެސް އެކި ކަންކަމަށް މި ޢިމާރާތް ބޭނުންކުރެވިގެންދިޔަކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އިނގިރޭސިވިލާތަށް ކިޔަވަން އަންނަ ހުރިހާ ދަރިވަރުން ލަންޑަނަށް ގޮސް ބައްދަލުވެ، އިޖްތިމާޢީ ގުޅުން ބަދަހިކުރާ މަރުކަޒެއް އަދި ހަބެއްގެ ގޮތުގައި އޭރު މި ޢިމާރާތް ވަނީ ބޭނުންކޮށްފައެވެ. އަދި މި އެކޮމޮޑޭޝަން ހަބް އޭރު ހިންގި އެސޯސިއޭޝަން ކަމަށްވާ މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން، އެމް.އެސް.އޭއިންވެސް އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އިތުރުން ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް ބައިވެރިވެވޭގޮތަށް ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށް ކުރިއަށްގެންގޮސްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނަމަވެސް އެތައް އަހަރުތަކެއް ވަންދެން ބޭނުންކުރަމުންދިޔަ މި އެކޮމޮޑޭޝަން ހަބް 2019 ވަނަ އަހަރު ހައިކޮމިޝަންގެ ބޭނުމަށް ވަނީ ނަގާފައެވެ. ވުމާއެކު މި ޢިމާރާތް އަލުން ދަރިވަރުންނަށް ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. “ނަމަވެސް، އަޅުގަނޑަށް ފާހަގަކުރެވުނީ ކޮންމެވެސް ސަބަބަކާހުރެ ވޭތުވެދިޔަ އަހަރުތަކުގައި އެ ތަނެއް ދަރިވަރުންނަށް ނުލިބޭ. މި ކަން އަޅުގަނޑަށް އެނގުނީ ވަރަށް ފަހުން. ސަރުކާރާ ހަވާލުވުމަށްފަހު އަޅުގަނޑުގެ އަމާޒަކަށްވީ އަލުން އަނބުރާ ކުރީގެ ގޮތަށް މިކަން އިޢާދަކުރުން. އެހެންކަމުން، މިއަދު އިރާދަކުރެއްވިއްޔާ މި ކަން ހަމަޖެހިގެން ދިޔުމާއެކު، އަޅުގަނޑު އުންމީދުކުރަނީ ހުރިހާ ދަރިވަރުންނަށްވެސް މިއީ ވަރަށް ބޭނުންތެރި ތަނަކަށް ވާނެކަމަށް. އެ ޢިމާރާތުގައި ހުންނަ ކޮޓަރިތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް އަގުހެޔޮކޮށް ތިބެވުމުގެ އިތުރުން، ވަގުތީގޮތުން މަޑުކޮށްލާއިރުވެސް ވަރަށް ފަސޭހަކަމާއެކު އެތަނުގައި ތިބެވޭނެ. މިއީ ކުރީގެ މާޙައުލު، ކުރީ ޒަމާނުގައި އޮތް ގޮތަށް އަލުން އިޢާދަކުރެވޭކަމެއް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ތަން އިނިގރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެސޯސިއޭޝަންގެ ދަށުގައި މިހާރު ރަޖިސްޓްރީކޮށްފައިވާނެކަމަށެވެ. އަދި މިކަން ހަމަޖެހިގެންދިއުމާއެކު ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދިއުމުގެ އިތުރުން އެމްއެސްއޭގެ ހިންގުމަށްވެސް އިތުރު ލުއިތަކެއް ލިބިގެންދަނެކަމަށެވެ. މީގެ އިތުރުން މިއީ އެޤައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ހިތްހަމަޖެހުމާއި އެކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު، ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބުގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ރަޢިސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ. ދިވެހި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ. އަދި، މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
