
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުމައި ދިމާވާ ލަސްތަކާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ މައްސަލަގައި ބައެއް ދަރިވަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އިނގިރޭސިވިލާތުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭއިރު ދިމާވާ އެކި ކަހަލަ ދަތިތަކުގައި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް އިސްކަންދީގެން ކުރައްވާނެ ކަމަށެވެ.
އެގޮތުން ލޯނާއި ސްކޮލަޝިޕްގައި ކިޔަވަމުންދާ ދަރިވަރުންނާއި އަމިއްލަ ޚަރަދުގައި އައިސް ތިބި ކުދިން ބޭނުންވާ ކަންކަން ނިޒާމުގެ ތެރެއިން އަވަސްކޮށް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ ގިނައިން ލިބިވަޑައިގެންފައި ހުރީ ދަރިވަރުން ކޮށްފައި ހުރި އީ-މެއިލަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބުދިނުން ލަސްވުމުގެ މައްސަލަތައް ކަމަށެވެ. އެ ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވިދާޅުވިއެވެ. “އެކަން ވަރަށް ސަމާލުކަން ދީގެން ކުރިއަށް ގެންދާނަން. ފައިސާގެ މައްސަލަ ހައްލު ކުރަން މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ކޮށްފިން. އެއީ ޓިއުޝަން ފީ ޖަމާކޮށްދިނުން ކަމުގައިވިޔަސް.ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ އިންއެފިޝަންސީސްތައް ކަމުގައިވާ އީމެއިލްއަށް ޖަވާބުދިނުން ލަސްވުން ކަހަލަ ކަންކަން އަޅުގަނޑު އެޑްރެސްކުރާނަން. ނިޒާމުގެ ތެރޭގައި ހުރި ކަންކަން ހައްލުކޮށް، އަވަސްކޮށް ޖަވާބު ދިނުމާއި ފައިސާ ޖަމާކުރުމުގެ ކަންކަން ވެސް ކޮށްދޭނަން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިވުމުން، އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
