
(ފޮޓޯ ކްރެޑިޓްސް: އިއަން)
ލިވަޕޫލް ފުޓްބޯޅަ ކްލަބާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު އަލަށް ވެވުނު ވިޔަފާރި އެއްބަސްވުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި ރާއްޖެ ބޭނުންވާ އަމާޒަށް ވާސިލް ވުމަށް އެހީތެރިވެދޭނެ ކަމަށް ލިވަޕޫލްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ އިއަން ރަޝް ވިދާޅުވެއްޖެއެވެ. ލިވަޕޫލްގެ ހޯމް ގްރައުންޑް އެންފީލްޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތާ ގުޅިގެން އިއަން ރަޝް އިންސްޓަގްރާމުގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ލިވަޕޫލް އެފްސީ އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވެވުނު މި އެއްބަސްވުމަކީ ދެފަރާތުގެ މެދުގައި ހިއްސާކުރެވޭ އަގުތަކާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ.
“މި އެއްބަސްވުމަކީ ހަމައެކަނި ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމެއް ނޫން. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވުމާއި އަޅުގަނޑުމެންގެ ދުނިޔެ ރައްކާތެރިކުރުމާ ގުޅޭ ގޮތުން ދެފަރާތުން ހިއްސާކުރާ އަގުތަކާ ގުޅޭ އެއްބަސްވުމެއް،” އިއަން ރަޝް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްއިން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ވިޒިޓް މޯލްޑިވްސްއިން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އިޝާރާތްކުރައްވައި، މިފަދަ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ލިވަޕޫލް އެފްސީގެ “ދަ ރެޑް ވޭ” ޕްރޮގްރާމްގެ ދަށުން މަސައްކަތްކުރާނެ ކަމަށް އިއަން ރަޝް ވިދާޅުވިއެވެ.
“ވިޒިޓް މޯލްޑިވްސްއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޖަޒީރާ ގައުމަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކެއް. މި ޕާޓްނަރޝިޕްމެދުވެރިކޮށް އެލްއެފްސީން ވިޒިޓް މޯލްޑިވްސްއާއި ގުޅިގެން މިމަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ކްލަބުގެ އެވޯޑް ހާސިލްކޮށްފައިވާ ސަސްޓެއިނަބިލިޓީ ޕްރޮގްރާމް، ދަ ރެޑްވޭގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކުރުމަށާއި، ހެޔޮ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައި.” އިއަން ރަޝް ވިދާޅުވިއެވެ.
ލިވަޕޫލް އެފްސީގެ 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި، ފާއިތުވި ސީޒަންގައި ލިބުނު 12 ބިލިއަނަށްވުރެ ގިނަ ވިއުސްއާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭންސްއާ ގުޅުން ބަދަހިކުރުމުގައި ލިވަޕޫލް އެފްސީއިން ކުރިއަރަމުންދާކަން ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
