
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ނުހުއްޓޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ގުޅީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންފައެވެ.
ރައީސް ދެއްވި ޔަޤީންކަމާ އެއްގޮތަށް މިހާރު މިވަނީ ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދެވެ. މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އަޙްމަދު ސަޢުދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުރު ނިމެން ގާތްވެފައިވަނިކޮށް އެމްޓީސީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށެވެ. އެގޮތުން ބަޖެޓު ހަމަޖެއްސުމާއި ވަޞީލަތްތައް ހޯދުމުގެ އެއްވެސް ކަމެއްކޮށްފައިނުވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންކަން އެމްޑީ ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
“ބިން ހިއްކުމުގެ މަސައްކަތް ފެށިގެން މިދިޔައީ އެމްޓީސީސީގެ މުވައްޒަފުންގެވެސް ބުރަ މަސައްކަތުން. މޫސުން ގޯސްނުވެ ނުހުއްޓި މަސައްކަތް ކުރިއަށްގޮސްފިނަމަ، 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ. ބިން ހިއްކުމުގެ ބައި. ދެން ގޮނޑުދޮށް ހިމާޔަތްކުރަން ފެށޭނެ.” ސަޢުދު ވިދާޅުވިއެވެ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު މި ރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން މި ރަށުން ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. އެއީ އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ގުޅީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި ގުޅީގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން އެ ރަށުގައި އެބަ ތިއްބެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
