
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ. ފުޓްބޯލް ފޯ ޕީސްގެ ފަރާތުން ރައީސްއަށް މަރުޙަބާ ވިދާޅުވީ އެ ޖަމިއްޔާގެ ކޯ-ފައުންޑާ، ކާޝިފް ސިއްދީގީއާއި، ބްރެޑްފާޑް ސިޓީ އޮފް ކަލްޗާ 2025 ގެ ސީއީއޯ، ޝާހްނާޒް ގުލްޒާރެވެ. އެ ބައްދަލުކުރެއްވުމުގައި، ޔުނިވާސިޓީ ޕީސް ސެންޓާގައި ފުޓްބޯލް ފޯ ޕީސްއިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ރައީސްއަށް ވަނީ އަރުވާފައެވެ. އޭގެއިތުރުން އެ މަނިކުފާނު ވަނީ އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ބައްދަލުކޮށްލައްވާފައެވެ.
2013 ވަނަ އަހަރު އުފެދުނު ފުޓްބޯލް ފޯ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އދ ގެ އޮފީސް ފޯ ސްޕޯޓްސް ފޯ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ބައިނަލްއަގްވާމީ އެންޖީއޯއެކެވެ. ފުޓްބޯލް ފޯ ޕީސް އަކީ ސުލްހަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާއީ ވެއްޓަކަށް ތާއީދުކުރާ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ދޭސީ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ. އަޅާނުލެވި، އެކަހެރިވެފައިވާ ޒުވާން މުޖުތަމައުތައް ބާރުވެރިކުރުވައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމާއި، ކޮންފްލިކްޓް ރިޒޮލިއުޝަން ނުވަތަ ދިމާވާ މައްސަލަތަކަށް ސުހްލަވެރި ގޮތެއްގައި ހައްލު ހޯދޭނެ އުކުޅުތައް އެ ހަރަކާތުގެ ދަށުން ދަސްކޮށްދެއެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޗެރިޓީ މެޗުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަކުދިންނާއި ކޯޗުންނާއި ޓީމް މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ލިބި، މީގެފައިދާ ބައިނަލްއަގްވާމި މުޖުތަމައަށްވެސް ލިއްބައިދެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
