
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންއަށް ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމަށާއި، އަންހެނުންގެ ކުރިއެރުމާއި ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް، ދިވެހިރާއްޖެއިން އޮންނާނީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާގެ މެމްބަރަކަށް ދިވެހިރާއްޖެ އިންތިޚާބުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އދ. ގެ އަންހެނުންގެ ތަރައްޤީއަށް އަދި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކީ، އަންހެނުންގެ ޙައްޤުގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. އދ.ގެ މެމްބަރު 193 ޤައުމުގައި އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބާރުއަޅާ މި ޖަމްޢިއްޔާގެ މެމްބަރުކަން ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެ އެޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށް ވެގެންދިޔުމަކީ ލިބިގެންދިޔަ ޝަރަފެއްކަމަށެވެ.
It is a great honour for the Maldives to be elected for membership of the Commission on the Status of Women (@UN_Women) for the 2026-2030 term.
I further extend congratulations to all countries who were elected to the Commission today. Through collective partnership, we stand…
— Dr Mohamed Muizzu (@MMuizzu) April 4, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށެވެ. އަދި މިވޭތުވެދިޔަ ތަނުގައި އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައިސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަ ނީ ރާއްޖެއާއެކު ކުރިއަށް އޮތް 4 އަހަރަށް އެޖަމްޢިއްޔާގެ މެމްބަރުކަން ލިބިގެންދިޔަ އެހެން ޤައުމުތަކަށްވެސް މަރުޙަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ހުރިހާ މެމްބަރު ޤައުމުތަކާއި ގުޅިގެން ޖަމްޢިއްޔާގެ ކުރިއެރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ދުވަސްތަކަކަށްވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އަދ.ގެ އަންހެނުންގެ ތަރައްޤީއަށާއި ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ “ޔޫއެން ވިމެން”ގެ މެމްބަރަކަށް އިންތިޚާބުވެފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ ރާއްޖެ އެޖަމްޢިއްޔާގެ މެމްބަރަކަށް އިންތިޚާބުވީ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
