
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (ސާފް)ގެ ޖެނެރަލް ސެކްރެޓަރީ އަކަށް ނޭޕާލްގެ ޕުރުޝޮޓަމް ކަޓޭލް ހަމަޖައްސައިފި އެވެ. އޭނާ އަކީ 17 އަހަރު ވަންދެން އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ (އޭއެފްސީ)ގައި ވެސް މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާގެ މައިގަނޑު ދާއިރާ އަކީ ހިންގުމުގެ ދާއިރާ އެވެ. ސާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަންކުރީ ލަންކާގައި ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަތީ ކޮންގްރެސްގަ އެވެ. އެއީ 2015 ވަނަ އަހަތުން ފެށިގެން ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުން އައި އަންވަރުން ހައްގު މަގާމުން އިސްތިއުދާ ދެއްވުމުންނެވެ.
ކަޓޭލް ވިދާޅުވީ ސާފުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. “އަހަރެން ވަރަށް އުފާވެއްޖެ ސާފުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުމުން. މިއީ އަހަރެންގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ފުރުސަތެއް އަދި އެހާމެ ބޮޑު ޗެލެންޖެއް. އަހަރެންގެ ފުޓްބޯޅަ ކެރިއަރު ފެށުނު ފަހުން މިހާތަނަށް މިއީ ދެކުނު އޭޝިޔާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން. މިއީ ވަރަށް ޗެލެންޖިން ރީޖަނެއް. ހަމަ މިއާއެކު ބުނަން ޖެހެނީ މިއީ ކުރިއަރަމުން އަންނަ އަދި ފުރުސަތު ފަހި ސަރަހައްދެއް. އަހަރެންނަށް ޔަގީންކަން އެބައޮތް މި ސަރަހައްދުގެ ފުޓްބޯޅައިގެ ކުރިމަގު އޮތީ އުޖާލާކޮށްކަން،” ކަޓޭލް ވިދާޅުވި އެވެ.
އޭނާ ވަނީ ސާފުގެ ރައީސް ބަނގްލަދޭޝްގެ ޢާޒީ ސަލާހުއްދީނަށް ޝުކުރު އަދާކޮށްފަ އެވެ. “އަހަރެން ރައީސް ސަލާހުއްދީނާއި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރަން މި މަގާމަށް އަހަރެން ހަމަޖެއްސީތީވެ. އަދި ހަމަ މިއާއެކު އަންވަރުން ހައްގު މިހާތަނަށް ކޮއްދެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރަން،” ކަޓޭލް ވިދާޅުވި އެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ކަޓޭލްގެ އެންމެ ފުރަތަމަ ބޮޑު މަސައްކަތަކަށް އޮންނާނީ ސްރީލަންކާގައި މި އަހަރުގެ ޖޫން މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާވައި ހިންގުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
