(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ޔޫން ސުކް ޔޯލްގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން އޭނާ ދުރު ކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމައިފިއެވެ. ޤާނޫނު ހަދާ މަޖިލީހުން ޔޫންގެ މައްްޗަށް ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ތުހުމަތު އުފުލައި، މަޤާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ފާސް ކޮށްފައި ވަނީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހު ކުއްލިހާލަތު އިޢުލާނު ކުރެއްވި ހާދިސާއާ ގުޅިގެންނެވެ.
ކުއްލިހާލަތު އިޢުލާނު ކުރައްވައި، ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ޤާނޫނުހަދާ މަޖިލީހުގައި ތަޅުއަޅުވައި، މީޑިޔާގެ ބާރު ކަނޑުވައިލުގެ ގޮތުން ޔޫން ކުއްލިހާލަތު އިޢުލާނު ކުރެއްވުމާ އެކު ދެކުނު ކޮރެޔާގެ ސިޔާސީ މަސްރަޙު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ޔޫން މަސައްކަތް ކުރައްވާފައިވާ ކަމުގައި އެ ޤައުމުގެ ދުސްތޫރީ ކޯޓުން ޙުކުމް ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޔޫން މަޢާފަށް އެދިވަޑައިގެންނެވުން
ދެކުނު ކޮރެޔާގެ އުއްތަމަފަނޑިޔާރު މޫން ޔަންގ-ބެއި ވިދާޅުވީ ޑިސެންބަރު 3ވަނަ ދުވަހު ޔޫން ކުއްލިހާލަތު އިޢުލާނު ކުރައްވާފައި ވަނީ ރައީސް ކަމުގެ މަޤާމުގެ ބާރުތަކާ ޚިލާފަށް ކަމުގައެވެ. އަދި، އެއީ ޤާނޫނުއަސާސީން ރައީސް ކަމުގެ މަޤާމު ފުރުއްވާ ބޭފުޅަކަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ހިންގަވާފައިވާ، “ޑިމޮކްރެސީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި” ދުސްތޫރީ ކުށެއް ކަމުގައެވެ. “[ޔޫން] އެ ވަނީ ރައްޔިތުން ކުރަމުން ދިޔަ އިތުބާރަށް ޚިޔާނަތްތެރިވެ ވަޑައިގަންނަވާފައި،” މޫން ވިދާޅުވިއެވެ. ކުއްލިހާލަތު އިޢުލާނު ކުރުމާ އެކު ދެކުނު ކޮރެޔާގެ މުޖުތަމަޢުގެ ހަމަޖެހުން ގެއްލި، ސިޔާސީ މަސްރަޙު ހަލަބޮލިވެ، އިޤުތިޞާދަށާއި ޚާރިޖީ ސިޔާސަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަ ކަމުގައި ވެސް މޫން ވިދާޅުވިއެވެ.
ރައީސް ކަމުގެ މަޤާމުން ދުރު ކުރުމަށް ކޯޓުން ޙުކުމް އިއްވުމާ ގުޅިގެން ޔޫން ވަނީ އޭނާގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް ދެއްވި މެސެޖެއްގައި ދެކުނު ކޮރެޔާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާފައެވެ. “އަޅުގަނޑު މަޢާފަށް އެދެން، އަދި ތިޔަ ބޭފުޅުންގެ [ރައްޔިތުންގެ] އުންމީދުތައް ހާސިލުކޮށް ދެވިފައި ނުވާތީ ހިތާމަ ކުރަން،” ޔޫން ވިދާޅުވިއެވެ. ޔޫންގެ އިތުބާރު ނެތް ކަމަށް ޙުކުމްކޮށް، އޭނާ ރައީސް ކަމުގެ މަޤާމުން ދުރުކޮށްފައި މި ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ދެކުނު ކޮރެޔާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ބޮޑު އެއް މައްސަލައަކީ، އެ ޤައުމުގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމުގައިވާ އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވުމެވެ. ކުއްލިހާލަތު އިޢުލާނު ކުރުމަށް ޔޫން ނިންމެވުމާ އެކު، އެމެރިކާއާ އެކު ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުން ދިޔަ މަޝްވަރާތަކަށް ހިޔަނި އެޅިގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޖޫން މަހު އިންތިޚާބު ބޭއްވުމަށް ހުޅުވައިލުން
އިތުބާރު ނެތް ކަމަށް ކަނޑައަޅައި، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ޔޫން ދުރު ކުރުމުން، އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީ ބޮޑުވަޒީރު ހަން ދޮކް-ސޫއެވެ. ދުސްތޫރީ ކުށެއް ސާބިތުވެ، ރައީސް ކަމުގެ މަޤާމުން ޔޫން ދުރު ކުރުމަށް ޙުކުމް ކުރުމާ އެކު، ދެކުނު ކޮރެޔާގައި ޢާންމު އިންތިޚާބެއް ބޭއްވުމުގެ ދޮރު މި ވަނީ ހުޅުވިފައެވެ. އެ ޤައުމުގެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން ކުރިއަށް 60 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވައި، ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރަން ޖެހޭނެއެވެ.
އިންތިޚާބުގައި ވާދަކުރައްވައި، އެންމެ ބޮޑު ތާޢީދެއް ހޯއްދަވާނެ ކަމަށް ބެލެވޭ އެއް ބޭފުޅަކީ މައި އިދިކޮޅު ޕާޓީ، ޑިމޮކްރެޓިކް ޕާޓީގެ ވެރިޔާ އީ ޖޭ-މިޔަންގ ކަމުގައި ޤަބޫލު ކުރެވެއެވެ. 2022ވަނަ އަހަރުގެ އިންތިޚާބުގައި ޔޫން ކާމިޔާބީ ހޯއްދަވާފައި ވަނީ އީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އިންތިޚާބުގައި ޔޫންގެ ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ސާފެއް ނޫނެވެ. ކުރިއަށް އޮތް އިންތިޚާބުގެ މިިނިވަން ކަމާއި އިންސާފުވެރި ކަން ކަށަވަރު ކުރެއްވުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ހަން ވިދާޅުވިއެވެ. ދެކުނު ކޮރެޔާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމުގައެވެ. އަދި، ހަންއާ މަޝްވަރާ ކުރުމަށް ފަހު، ޖޫން މަހުގެ 3ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމުގައެވެ. ނަމަވެސް، އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައަޅާފައެއް ނުވެއެވެ.
ރައީސް ކަމުގެ މަޤާމުން ޔޫން ދުރު ކުރުމަށް ދުސްތޫރީ ކޯޓުން ޙުކުމް ކުރުމާ އެކު، އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް، އޭނާއަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ ރިޔާސީ ގަނޑުވަރު ކައިރިއަށް ޖަމާވެ، އޭނާއަށް ތާޢީދު އޮތް ކަން ހާމަ ކޮށްފައެވެ. އަދި، ބައެއް މީހުން ވަނީ ކޯޓުގެ ޙުކުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ހަމަނުޖެހުން ހިންގާފައެވެ. ޔޫން ވެރިކަމުން ދުރު ކުރުމަކީ، އިންސާނީ ޙައްޤުތަކާއި ޑިމޮކުރަސީގެ އަސާސްތަކާއި އުސޫލުތައް ޙިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، ހިޔުމަން ރައިޓްސް ވޮޗުން ސިފަކުރިއެވެ.
About Post Author
މާދަމާ ނިއުސް
މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެގޮތަށް ވިދާޅުވީ...
މިފްކޯއިން 37 ދޯންޏަކަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) މިފްކޯއިން 37 ދޯންޏެއްގެ މަސްވެރިންނަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ވިދާޅުވީ، އެ ފައިސާއަކީ 16 އޭޕްރީލް ވަނަ...
ވަކި މީހުން ސުވަރުގެއަށް ނުވަތަ ނަރަކައަށް ދާނެކަމަށް ބުނުން!
އަހްލުއްސުންނާ ވަލްޖަމާޢާގެ އަސާސީ އުސޫލަކީ، ސުވަރުގެއަށް ނުވަތަ ނަރަކައަށް ދާނީ ކޮން ބައެއްކަމުގެ މައްސަލައަކީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޢަޤީދާގެ މައްސަލައެއްކަމެވެ....
މަސްޖިދުއް ނަބަވީގެ އިމާމު ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން ސަޢުދީ ޢަރަބިއްޔާގެ...
ވަޒީރު ސަޢީދުގެ ރައްދު: ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި ކުރަނީ ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް) ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި، ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަކުރަމުންދާކަމަށް ވިދާޅުވެ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްދު...
ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް...