
އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިންގް އެންޑް ޕަލިކް ރިލޭޝަންސް ކުންފުނި، އެމްއެމްޕީއާރްސީން ހުޅުވާލައިފިއެވެ. އެމްއެމްޕީއާރްސީން ފަންނުވެރިންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28އިން އަންނަ މޭއި މަހު 1 އަށް ދުބާއީ ގައި އޮންނަ އަރަބިއަން ޓްރެވެލް މާކެޓު، އޭޓީއެމްގައި ހުނަރު ދައްކާލުމަށެވެ. އެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ މޯލްޑިވިއަން އިވްނިންގައި ވަގުތުން ފަންނު ދައްކާލުމުގެ ފުރުސަތާއި އެ ފަންނުނެވެރިއެކު ތައްޔާރުކޮށްފައިވާ އުފެއްދުންތައް ޓްރެވެލް މާކެޓްގެ ތެރެއިން ދައްކާލުމަށް ފުރުސަތު ދޭނެއެވެ.
MMPRC is offering an incredible opportunity for a talented Maldivian artist to display their work and perform live art demonstrations at the Arabian Travel Market (ATM) 2025 in Dubai, along with the prestigious Maldivian Evening!
Deadline for applications: April 09, 2025 pic.twitter.com/yK6MUQudX9
— Maldives Marketing & Public Relations Corporation (@mmprc_corporate) April 3, 2025
އެމްއެމްޕީއާރްސީން ވަނީ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެދިފައެވެ. މިކަމުގައި ބައިވެރިވުމަށް ހުށަހަޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚަކީ މިމަހުގެ 9 ވަނަ ދުވަހެވެ. މިފެއަރ އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. މިއީ އޭޓީއެމް ފެއަރ ބާއްވާ 30 ވަނަ އަހަރެވެ. އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޕްރިމިއާ ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ގުޅުން ގާއިމުކޮށް އައު ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމެވެ.
މިފެއަރގައި އެމްއެމްޕީއާރްސީން ދަނީ ކޮންމެ އަހަރަކުވެސް ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޭޓީއެމްގައި، އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 253 މަންދޫބުން ބައިވެރިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
