
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލޯނަށް އެދޭ ފަރާތްތަކުން ކޯޓޭޝަން ނަގާ އިރު، އެ ވިޔަފާރިއަކީ މުދަލެއް ވިއްކާ ވިޔަފާރިއެއްކަން ކަށަވަރު ކުރުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިލްތިމާސްކޮށްފިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްޑީއެފްސީން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވީ ކޯޓޭޝަން ދޫކުރާ ފަރާތަކީ އެކޯޓޭޝަނެއްގައި ހިމެނޭ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކަށްވާން ޖެހޭނެ ކަމަށެވެ. އެސްޑީއެފްސީއިން ވިދާޅުވީ ކޯޓޭޝަނެއް ދިން ފަރާތަކީ އެ މުދަލެއް ވިއްކާ ފަރާތެއްކަން ކަށަވަރު ނުކުރެވޭނަމަ، އެކަން ޔަޤީން ކުރެވޭ އެހެން ވިޔަފާރިއަކުން ކޯޓޭޝަން ހޯދުމަށް އެދިފައެވެ.
އެސްޑީއެފްސީން އެންމެ ފަހުން ފުރުސަތު ހުޅުވާލާފައިވަނީ ވިޔަފާރި އެހީ ލޯން ސްކީމަށެވެ. މިއީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރި ޚަރަދުތައް ކުރުމަށާއި، ހިނގަމުންދާ ވިޔަފާރި ހަރަކާތައް ބޭނުންވާ މެޝިނަރީސް ގަތުމަށް ލޯން އެހީއަށް އެދެވޭ ސްކީމެކެވެ. މި ލޯނު ސްކީމަށް ހުށަހަޅާ ފަރާތްތަކުން ގަންނަން ބޭނުންވާ މުދަލާއި އޭގެ ތަފްސީލު އެނގޭ ކޯޓޭޝަން ލޯނަށް އެދި ހުށަހަޅާ ލިއެކިއުންތަކާއި އެކު ހުށަހަޅަން ޖެހެއެވެ. އެސްޑީއެފްސީން ވިދާޅުވީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އެސްޑީއެފްސީގެ ވެބްސައިޓު މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭއިރު، “ވިޔަފާރި އެހީ” ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީއިން ވިދާޅުވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކި ދާއިރާތަކުން މާލީ އެހީ އެސްޑީއެފްސީން ދަނީ ފޯރުކޮށްދެމުންނެވެ. އެކުންފުނިން މުޅިއެއެކު 10 ސްކީމެއް މިހާތަނަށް ތަޢާރަފްކޮށްފައިވާއިރު، މިވަގުތުވެސް ވިޔަފާރި އެހީ ހިމެނޭހެން 3 ސްކީމަކަށް އެދުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިވަގުތު ކުރިމަތިލާން ހުޅުވާފައިވާ ސްކީމްތައް
- ދަނޑުވެރި ނަފާ
- ވިޔަފާރި އެހީ
- ފަށާ މަދަދު ލީސިންގ
އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
