
އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ރޯމާއަށް ކުޅެމުންދާ ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހަމެލްސް މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފިއެވެ. އުމުރުން 36 އަހަރުގެ ހަމެލްސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ބުނެފައިވަނީ އުނދަގޫ ނިންމުމެއް ނަމަވެސް މި ސީޒަނަށްފަހު އޭނާ ކުޅުން ހުއްޓާލާނެ ކަމަށެވެ. “މިއީ ވަރަށް ހިތްދަތި ވަގުތެއް ނަމަވެސް މި ކަމަކީ ހުރިހާ ކުޅުންތެރިންވެސް ކުރިމަތިލާން ޖެހޭނެ ދުވަހެއް. މި ސީޒަނަށްފަހު އަހަރެން ކުޅުން ހުއްޓާލާނަން.” ހަމެލްސް އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓުތަކުގައި ބުނެފައިވެ އެވެ.
“ފާއިތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ވަރަށް ގިނަ ތަޖުރިބާތަކެއް ވަނީ ލިބިފައި.” ހަމެލްސް އިތުރަށް ބުންޏެވެ. މި ސީޒަނުގެ ނިޔަލަށް ރޯމާ އާއިއެކު ހަމެލްސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ. ރޯމާ އާއި ގުޅުމުގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ގަދަ ބާރު ކަމުގައިވާ ބަޔާން މިއުނިކަށް ކުޅެފައެވެ. ބަޔާން މިއުނިކްގެ ޔޫތު ޕްރޮގްރާމުގެ ތެރެއިން ކުޅުމުގެ ތެރެއަށް އައި ހަމެލްސް އެޓީމުގެ ފުރަތަމަ ޓީމުން ފުރުސަތު ހޯދާފައިވަނީ 2007 ވަނަ އަހަރު އުމުރުން 18 އަހަރުގަ އެވެ.
އަދި ޖެހިގެން އައި 2008 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ބޮރޫޝިޔާ ޑޯޓްމަންޑާއި ގުޅި އެ ކްލަބާއިއެކު އޭނާ ވަނީ ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު ހަމެލްސް ވަނީ ބަޔާން މިއުނިކާއި އަލުން ގުޅި އެ ކްލަބާއިއެކު ބުންޑެސްލީގާ ކާމިޔާބުކޮށްފަ އެވެ. ހަމެލްސް ވަނީ އޭގެ ތިން އަހަރު ފަހުން ދެވަނަ ފަހަރަށް ބޮރޫޝިޔާ ޑޯޓްމަންޑާއި ގުޅިފަ އެވެ. އޭނާ ވަނީ ޑޯޓްމަންޑަށް 508 މެޗު ކުޅެދީފަ އެވެ. އަދި ބަޔާން މިއުނިކަށް އޭނާ ވަނީ 118 މެޗު ކުޅެފަ އެވެ.
2010 ވަނަ އަހަރު ޖަރުމަނުގެ ގައުމީ ޓީމުން ފުރުސަތު ހޯދި ހަމެލްސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނުން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 13 އަހަރު ދުވަހުގެ ތެރޭގައި 78 މެޗު ކުޅެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
