
ސްޕެއިންގެ ރެއާލް މެޑްރިޑުގެ ހަތަރު ކުޅުންތެރިޔަކު ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލުތަކެއް ކޮށްފައިވާ މައްސަލައެއް ބެލުމަށްފަހު، ޔުއެފާއިން އޭގެ ތެރެއިން ތިން ކުޅުންތެރިއަކު ޖުރިމަނާކޮށްފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމުގެ ހަތަރު ކުޅުންތެރިން ކަމުގައިވާ އެންޓޯނިއޯ ރުޑިގާ އާއި ކިލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއަރގެ އިތުރުން ޑެނީ ސެބަޔޮސް ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ކޮށްފައިވާ މައްސަލަބަލަން ފަށާފައިވަނީ މިދިޔަ މަހު އެވެ. ޔުއެފާއިން މި މައްސަލަ ބަލަން ފަށާފައިވަނީ އެތުލެޓިކޯ މެޑްރިޑްގެ ރިޔާދު އެއަރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ރެއާލް މެޑްރިޑް މޮޅުވި މެޗަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި މި ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތުންނެވެ.
ޔުއެފާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ބެލުމަށްފަހު އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ބްރެޒިލްގެ ވިނީޝިއުސްއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް އެމްބާޕޭ އާއި ރުޑިގާގެ އިތުރުން ސެބަޔޮސް، ޔޫއެފާގެ އާންމު އުސޫލުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ އެ ތިން ކުޅުންތެރިން ވަނީ ޖުރިމަނާކޮށްފައެވެ. އެގޮތުން ކިލިއަން އެމްބާޕޭ އެއް މެޗަށް ސަސްޕެންޑްކޮށް 25 ހާސް ޕައުންޑުން ޖުރިމަނާކޮށްފައިވާއިރު، ރުޑިގާ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށް 35 ހާސް ޕައުންޑުން ޖުރިމަނާކޮށްފައެވެ. އަދި ސެބަޔޮސް ވަނީ 17 ހާސް ޕައުންޑުން ޖުރިމަނާކޮށްފައެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑް ދެން އެންމެ އަވަހަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހު ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
