
މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކާމިޔާބީ ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ. ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވި އަމޮރިމް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް މި ވަގުތު އޮތީ އެ ޓީމުގެ ތާރީޚުގައިވެސް އެންމެ އުނދަގޫ ހާލަތުގައި ކަމަށާއި އަދި އެކަމުން އަރައިގަތުމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. “މިއީ މި ކްލަބުގެ ތާރީޚުގައިވެސް އެންމެ އުނދަގޫ ހާލަތުގައި އޮތް ވަގުތު އަދި އެކަމުން އަރައިގަތުމަށް ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އަހަރެން ގަބޫލެއް ނުކުރަން ކާމިޔާބީ ހޯދުމަށް އެތަކެއް އަހަރުތަކެއް ހޭދަވާނެ ކަމަކަށް.” އަމޮރިމް ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކުޅުންތެރިންގެ އިތުރުން ކްލަބުގެވެސް ގިނަ މަގާމުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު އެކަމުގެ އަސަރު ފެންނަމުންދާ ކަމަށެވެ. އަދި މިއީ ވަގުތުން ނަތީޖާ ހޯދޭނެ ކަމެއް ނޫން ކަމަށާއި ކާމިޔާބީއާއި ހަމައަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. “އަހަރެން ގަބޫލުކުރަން މިފަދަ ބަދަލުތަކެއް އަންނައިރު ކާމިޔާބީ ހޯދަން ވަގުތު ނަގާނެ އަހަރެއް ދެ އަހަރެއްގެ ތެރޭގައި ލީގަށް ވާދައެއް ނުކުރެވޭނެ. ނަމަވެސް ކްލަބުގެ 150 ވަނަ އަހަރީ ދުވަހާއި ހަމައަށްދާއިރު މިއީ ކާމިޔާބީ ހޯދޭނެ ކްލަބެއް.” އަމޮރިމް އިތުރަށް ބުންޏެވެ.
އަމޮރިމް އިތުރަށް ބުނެފައިވަނީ އެކްލަބަށް ނަން މަޝްހޫރު މޮޅު ދެ ކުޅުންތެރިއަކު ގެންނަން ޖެހޭނެ ކަމަށެވެ. އަދި މީގެ ދިހަ ވަރަކަށް އަހަރު ކުރިން ކާމިޔާބީ ހޯދަން އުޅުނު ގޮތާއި މިހާރާއި ވަރަށް ތަފާތުކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. “އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ތަށްޓެއް ހޯދުމަށް ތިން ހަތަރު އަހަރު ނެގި ނަމަވެސް މިހާރު އެ ގޮތަކަށް އެކަމެއް ނުކުރެވޭނެ. އޭރާއި މިހާރާއި ވަރަށް ތަފާތު. ވަކިން ޚާއްސަކޮށް ކޯޗުންނާއި ކުޅުންތެރިންނަށް އޮތް ޕްރެޝަރ ބޮޑު.” އަމޮރިމް ބުންޏެވެ. މިވަގުތު އަމޮރިމްގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ފާއިތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
