
(ފޮޓޯ ކްރެޑިޓްސް: ބައިބަލާ އެސޯސިއޭޝަން)
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ސެމީ ފައިނަލަށް ޓީއެފްޓީ އާއި، ލޮރެންޒޯ ސްޕޯޓްސް ކުލަބާއި، މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީ އަދި ޒެޕޯ ދަތުރުކޮށްފިއެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 29 ޓީމެއް ވަނީ ބައިވެރިވެފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ކުޅުނުއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރި ޓީއެފްޓީ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ޓީއެފްޓީ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ގޭމުތައް ޓީއެފްޓީން ގެންގޮސްފައިވަނީ 9-8 އަދި 19-0 އިންނެވެ.
މުބާރާތުގެ ސެމީގެ ޖާގައެއް ލޮރެންޒޯއިން ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ގޭމް އެތެރެއިން ކުޅުނު ލޮރެންޒޯ ވަނީ 20-1 އިން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޭމް 6-6 އިން އެއްވަރުވުމާއެކު، ލޮރެންޒޯއަށް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. ރޭ ކުޅުނު ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ރަނަރަޕް ކާސިންޖީ އާއި ބައިބަލާގެ ޗެމްޕިއަންކަން 10 އަހަރު ހޯދާފައިވާ ބީޖީ ސްޕޯޓްސް ކުލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޭމް 7-6 އިން ކާމިޔާބުކުރީ ބޭރުން ކުޅުނު ކާސިންޖީންނެވެ. އެކަމަކު ބީޖީން ވަނީ ދެވަނަ ގޭމް 6-5 އިން ގެންގޮސްފައެވެ. ކޮންމެ ޓީމަކުންވެސް ގޭމެއް ކާމިޔާބުކުރުމާއެކު މި މެޗުގެ ނަތީޖާ ނެރެފައިވަނީ ގަދަހިފުމުންނެވެ. ގަދަހިފުމުގެ ފުރަތަމަ ހިފުން ކާމިޔާބުކޮށްފައިވަނީ ބީޖީންނެވެ. އެކަމަކު ކާސިންޖީން ވަނީ ދެވަނަ ހިފުމާއި ތިންވަނަ ހިފުން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ފަހު ޖާގަ ޒެޕޯއިން ހޯދާފައިވަނީ ރޭ ކުޅުނު ފަހު މެޗުގައި ސީދާ ދެ ގޭމުން ކުޑަ ހެންވޭރު ލަޔަންސް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ގޭމުތައް ޒެޕޯއިން ކާމިޔާބުކުރީ 6-5 އަދި 12-10 އިންނެވެ. މި މުބާރާތުގެ ސެމީ ފައިނަލާއި، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. ސެމީ ފައިނަލުގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށެވެ. އަދި ސެމީގައި ކާސިންޖީއާ ވާދަކުރާނީ ޓީއެފްޓީއެވެ. މިއީ މީގެ ކުރިން ބައިބަލާގެ ޗެމްޕިއަންކަން ލިބިފައިނުވާ ހަތަރު ޓީމެވެ. ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
