
މާލެ އަށް ފުރި ލ. މާވަށު “ހޮޅުދޫ ބޯޓު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވެ އަނދާ، ބޯޓުން ދަތުރު ކުރި ޒުވާނަކު ގެއްލިގެން ހޯދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. 18 މީހުން ދަތުރު ކުރަމުން ދިޔަ މި ބޯޓުގައި ރޯވެގެން ކައްދޫގައި ހަރަކާތްތެރިވާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މާވަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ މާވަށު ބޯޓެއް ކަމަށްވާ “ހޮޅުދޫ ބޯޓު” ހިރިލަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އެ ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށެެވެ.
“އެ ބޯޓުން ދަތުރުކުރި ޒިންމާދާރު އެންމެންނަކީ މާވަށު މީހުން. ދަތުރު މިކުރަނީ ތ. އަތޮޅާއި މާލެއާ ދޭތެރޭގައި. ތ. ހިރިލަންދޫއިން މައުލޫމާތު ލިބޭ ގޮތުގައި ފުރައިގެން ދަނިކޮށް މިރޭ ރޯވީ. އެއްވެސް މީހަކު، ކައްޕިވެސް ގުޅީމަ ފޯނެއް ނުނަގާ. މިހާރު އެންމެ ފަހުގެ މައުލޫމާތުތައް ލިބޭ ގޮތުގައި އެކަކު ފިޔަވަައި އެހެން ހުރިހާ އެންމެން ފެނިއްޖެ. ނުފެނި ވަނީ މާވަށު ކުއްޖެއް ކަމަށް މައުލޫމާތުތައް މި ލިބެނީ.” އަހުމަދު މޫސާ ވިދާޅުވިއެވެ. އަދި މިހާރު މުޅި ބޯޓުގައި އަލިފާން ރޯވެ އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބޯޓުން ދަތުރުކުރި އެންމެނަކީ މާވަށު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޓުގައި ރޯވުމުން އެންމެން މޫދަށް ފުންމާލީ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދަތުރުކުރި މީހުންގެ ތެރެއިން ޒުވާނަކު ގެއްލިގެން ހޯދާ ކަމަށާއި އޭނާގެ ހަބަރެއް އަދި ނުލިބޭ ކަމަށް އަހުމަދު މޫސާ ވަނީ ވިދާޅުވެފައެވެ. ގެއްލިގެން ހޯދަމުން ދަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދެވެ. ބާކީ ތިބި އެންމެން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަހުމަދު މޫސާ ވިދާޅުވިގޮތުގައި ބޯޓުގައި އެންމެ ފުރަތަމަވެސް އަލިފާން ރޯވީ ލައިފްޖެކެޓް ހުންނަ ތަނުގައެވެ. މިއާއެކު ބޯޓުން ދަތުރުދަތުރު ކުރި މީހުންނަށް ލައިފްޖެކެޓެއް އަތުވާގޮތެއް ނުވެއެވެ.
“ތ.އަތޮޅު ކަފިދޫ ކިޔާ ފަޅު ރަށެއް އޮންނާނެ، އެހިސާބުން ރޯވި ކަމަށް މައުލޫމާތު ލިބެނީ. މިހާރު ބޯޓު އެއްކޮށް ރޯވެއްޖެ، އެއްކޮށް ބޯޓު އަނދައިފި. ތިންބަޔަަކަށް މީހުން އުޅެވޭ ގޮތަށް ހުންނަ ބޮޑު ބޯޓެއް ހަމަ. މައުލޫމާތު ލިބެނީ ލައިފްޖެކެޓުތައް ހުންނަ ބައިގައި ރޯވީ އެހެންވީމާ އެ ސަރަހައްދުން ލައިފްޖެކެޓު ނުލިބިއްޖިއްޔާ ދެން މޫދަށް ފައިބާ އެންމެން ވަރަށް ހާލުގައިތާ ޖެހޭނީ. ގެއްލުނު ކުއްޖާއަކީ މޫދަށް އެހާ ފަރިތަ ކުއްޖެއް ނޫން.” އަހުމަދު މުސާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
