
ފަލަސްތީނުގެ ޢައްޒާގައި ހިނގަމުންދާ ލާއިންސާނީ ކަންތައްތަކަކީ މުސްލިމަކަށް ވީތީ އަބަދުވެސް ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ ސިލްސިލާ އިހްޔާ ޕްރޮގްރާމުގެ ތިންވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ “އިޖާބަކުރަނިވި ދުއާ” މި މައުލޫއަށް ވާހަކަ ދައްކަވާފައެވެ.
މައުމޫން ވިދާޅުވީ މާތްﷲ ދުޢާކުރުމަށް އަންގަވާފައިވާ ކަމަށާއި، ދުޢާކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވާ މީހާ ނިކަމެއްޗަކަށްވާ ހާލު ނަރަކައަށް ވަންނާނެ ކަމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ދުޢާކުރުމަކީ އަޅުކަންކުރުމުގެ ސިކުނޑި ކަމަށެވެ. އަދި އަޅުކަންކުރުމުގެ އެންމެ މުހިންމު ބަޔަކީ ދުޢާކުރުން ކަމަށާއި، ނަމާދަށް ބަލާލި ނަމަވެސް ގިނައިން ހިމެނެނީ ދުޢާތައްކަމަށާއި، ޤުރުއާނުގެ ވެސް ބޮޑުބަޔަކީ ދުޢާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ދުޢާ އިޖާބަކުރައްވާނީ އަޅުގަނޑުމެން މާތްﷲ އިޖާބަދީގެންކަމަށެވެ.
މީގެ އިތުރުން ވެސް މައުމޫން ވަނީ ޢައްޒާގައި ހިނގަމުންދާ ލާއިންސާނީ ކަންތައްތައް ދުނިޔޭގެ އެންމެނަށްވެސް ފެންނަ ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް އެކިއެކި ކަންތައްތައް ކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ އަމަލުތަކަކީ މުސްލިމަކަށް ވީތީ ކުށްވެރި ކުރަންޖެހޭ ކަން ކަން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. މައުމޫންގެ ވާހަކައިގައި ވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ މާތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮންމެ މީހަކު ވެސް ރަމަަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ވޭތުކުރެވޭތޯ މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ނަމާދާއި ރޯދައާއި ކުރާ އެހެން ހެޔޮކަންތައްތައް އިތުރުކޮށް އެންމެންގެ މެދުގައި އެކުވެރިކަމާއި ބަދަހިކަން ފެތުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
