
އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ރާއްޖޭގެ ހުރިހައި ރަށެއްގައި ތިބުން މުހިންމު ކަމަށާއި ކުރިޔަށް އޮތްތާނގައި އެ ރޮނގުން ޚާއްޞަ ތަމްރީނު ޕްރޮގްރާމުތަކެއް ހިންގަވާނެ ކަމަށް، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ހއ.ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޢިލްމީ ތަމުރީނުތަކެއް މި އަހަރު ހިންގަން ފެށޭނެ ކަމަށެވެ. ވުޒާރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ރަށްވެހި އާސާރުތައް ބިނާކުރުމުގެ އަމާޒު ޙަޤީޤަތަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މަފްހޫމުތަކާއި އެއް ގޮތަށް، ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް އާންމުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކިއެކި ސަފީރުންނާއި، އެކިއެކި ޤައުމުތަކުގެ ކަމާބެހޭ އިސްފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން މި ތަމުރީނުތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ފުރުސަތު ފަހިވެފައިވާކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން މިދިޔަ އަހަރު މިކަމާ ގުޅޭ ދާއިރާއިން ވުޒާރާގެ ބޭފުޅުން ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށާއި މިއަހަރުވެސް ތަމުރީނުތަކަށް ފުރުޞަތު ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އަންނަ އޭޕްރީލް މަހު 17ގައި މިކަމާއި ގުޅުން ހުރި ތަމުރީނުތައް ހޯއްދެވުމަށް މި ވުޒާރާގެ ދެ މުވައްޒަފުން ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމުރީނުތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި ޢިލްމީ ތަމުރީނު ކޯސްތައް މުޅި ރާއްޖެއަށް ހިންގަން ފެށޭނެގަކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ އިތުރުން ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ރައީސް ޑރ. މުޢިއްޒުގެ ތަރިކަ އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ފަރުދީ ފެންވަރުގައ އާއި ޖަމާއަތުގެ ފެންވަރުގައި އާއި އަދި ރަށުފެންވަރުގައި އެކި ބާވަތުގެ އާސާރުތައް ތަޢާރަފުކުރުމުގެ ޤާބިލުކަން އުފެއްދުމަކީ ކުރަައްވާނެ މަސައްކަތެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
