
ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމެއްގައި އޮޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ކުދިންނަށް މަލާމާތްކޮށް ހަޖޫ ޖެހި މައްސަލައިގައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް މިއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުރައްސާރަ ކުރުމާއެކު އެ ކުދިންގެ އާއިލާތަކަށް ނިކަމެތިވާގޮތަށް މުއާމަލާތް ކުރުމާއި އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމަކީ އެ ވުޒާރާއިން ހިތްވަރުދޭ ކަންކަން ނޫން ކަމަށެވެ.
އަދި އެ މަައްސަލަ މީސް މީޑިއާއަށް ފެންމަތިވުމާއެކު އެ ވުޒާރާގެ މެންޑޭޓްގެ ތެރެއިން އެކަމަށް ފިޔަވަޅު އެޅުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި ވެއެވެ ރާއްޖެޓީވީން ގެނެސްދިން “ކާލާބައިސާ” ނަމަކަށް ކިޔާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ވަނީ ސިޔާސީ ވާހަކަތަކާ ގުޅުވައިގެން އެފަދަ ކުދިންނަށް ހަޖޫ ޖައްސަވާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވަމުން ގޮސް މި ސަރުކާރަށް ފާޑު ވިދާޅުވަމުން ދެއްކި ވާހަކަތަކުގެ ތެރެއިން ޕާޕާ ފަޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އޮޓިސްޓިކް ގޮތެއް އެމަނިކުފާނުގެ ހުންނަ ކަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނަވަނީ އޮޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ މަލާމާތް ކުރައްވައިފައެވެ.
އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ޖޯކު ޖައްސަައި ރައީސްއަކީ “އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވޭ.” ވިދާޅުވެފައެވެ. އެއާއެކީ ޓީވީ ޕްރެޒެންޓަރު އަދި މި ދެބޭފުޅުން ވަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް މި ސަރުކާރު ހިންގަނީ އޮޓިސްޓިކް ބޭފުޅެއްހެން ހީވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ވާހަކަ ބުނުމާއެކު، ތިން ހޯސްޓުން ވެސް ހިނިގަނޑެއް ޖަހާލައެވެ. މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
