
ސިޔާސީ ކަންކަމުގައި ހިޔާލުފާޅު ކުރާއިރު، އިންސާނީ ކަރާމާތަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ހަޖޫ ޖެހުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިއެވެ. އެގޮތުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް އެފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރުކަމެއް ކަމަށެވެ. އަދި ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރުކަމެއް.. ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ. pic.twitter.com/bLy9GBnrzD
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 25, 2025
ރާއްޖެ ޓީވީން ދެއްކި “ކާލާބައިސާ” ނަމަކަށް ކިޔާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ވަނީ ސިޔާސީ ވާހަކަތަކާ ގުޅުވައިގެން އެފަދަ ކުދިންނަށް ހަޖޫ ޖައްސަވައިފައެވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވަމުން ގޮސް މި ސަރުކާރަށް ފާޑު ވިދާޅުވަމުން ދެއްކި ވާހަކަތަކުގެ ތެރެއިން ޕާޕާ ފަޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އޮޓިސްޓިކް ގޮތެއް އެމަނިކުފާނުގެ ހުންނަ ކަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނަވަނީ އޮޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ މަލާމާތް ކުރައްވައިފައެވެ.
އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ޖޯކު ޖައްސަައި ރައީސްއަކީ “އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވޭ.” ވިދާޅުވެފައެވެ. އެއާއެކީ ޓީވީ ޕްރެޒެންޓަރު އަދި މި ދެބޭފުޅުން ވަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް މި ސަރުކާރު ހިންގަނީ އޮޓިސްޓިކް ބޭފުޅެއްހެން ހީވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ވާހަކަ ބުނުމާއެކު، ތިން ހޯސްޓުން ވެސް ހިނިގަނޑެއް ޖަހާލައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
