
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ, ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަރ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓީނީއަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތުން އެ ދެ މީހުން ސަލާމަތް ވެއްޖެ އެވެ. ސްވިޒަލޭންޑްގެ ކޯޓަކަށް ދެ މީހުން ހާޒިރު ކޮށްފައިވަނީ ސްވިޒަލޭންޑްގެ ދަށު ކޯޓަކުން އެ ދެ މީހުންނާއި ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކެއް ހަތް އަހަރު ވަންދެން ބެލުމަށްފަހު އެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ކޯޓުން ހުކުމް ކުރިތާ ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހުގަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ އިދާރާ ކަމުގައިވާ ފީފާ އާއި ޔޫއެފާގެ ދެ ރައީސުންނާއި ދެކޮޅަށް ބަލަމުންދާ މައްސަލައަކީ ފީފާގެ ރައީސް ސެޕް ބްލެޓަރ ޕްލެޓީނީ އަށް ދީފައިވާ 2.22 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ މައްސަލަ އެކެވެ. ދަށު ކޯޓުން އެ މައްސަލައިގައި ގޯހެއް ނެތް ކަމަށާއި އެ މުއާމަލާތް ހިނގާފައިވަނީ އުސޫލުގެ ތެރެއިން ކަމަށާއި އެކަމުގެ ހުރިހާ ލިޔެކިއުމެއް ފެންނަ ހުރި ކަމަށް ނިންމި ނަމަވެސް އެ މައްސަލަ ވަނީ މަތީ ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. އަދި އިއްޔެ މައްސަލައިގެ ހުކުމް ކުރިއިރު މި މކަމުގައި ބްލެޓަރ އާއި ޕްލެޓީނީގެ ކުށެއް ނެތްކަމަށްވަނީ ނިންމާފަ އެވެ.
މި މައްސަލަ ނިމުމުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބްލެޓަރ ބުނެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު މައްސަލަ ނިމުމުން ހިތްހަމަޖެހޭ ކަމަށާއި މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. “މިއަދު ކޯޓުން މި ވަނީ އަހަރެންނާއި އަހަރެންގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނަށް އިންސާފު ލިބިފައި. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.” އުމުރުން 89 އަހަރުގެ ބްލެޓަރ ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި މައްސަލަ ބޮޑު ވެގެންދިޔައީ 2015 ވަނަ އަހަރު ފީފާގެ ރައީސް ކަމުގެ މަގާމުން 17 އަހަރަށް ފަހު ސެޕް ބްލެޓަރ އިސްތިއުފާ ދިނުމާއި އެކު އެ މަގާމަށް ޕްލެޓިނީ ވާދަކުރާނެ ކަމަށް ބެލެވުނު ހިސާބުންނެވެ. ބްލެޓަރ ފީފާގެ ރައީސް ކަމުން އޭރު އިސްތިއުފާ ދީފައިވަނީ އޭނާ އާއިމެދު ކުރެވުނު ކޮރަޕްޝަނުގެ އިތުރު ތުހުމަތުތަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަޑުގަދަވެގެން ދިޔައީ ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ. އަދި އޭރު މި މައްސަލަ އާއި ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީ އިން ވަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ބްލެޓަރ އާއި ޕްލެޓިނީ އަށް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ފަހުން އެ އަދަބު ވަނީ ކުޑަކޮށްފަ އެވެ.
ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރ އިން މި މައްސަލައިގައި އެދިފައިވަނީ ބްލެޓަރ އާއި ޕްލެޓީނީ އަށް 20 މަސް ދުވަހުގެ ހުކުމަކާއި އެކު 2 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
