
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގެންދަވަނީ ރައްޔިތުންގެ ކަންކަމުގައި ރެއާއި ދުވާލު ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ހއ. އުތީމުގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރެއާއި ދުވާލު ރައްޔިތުންގެ ކަންކަމަށް އެމަނިކުފާނު ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
“ވަރަށް ކުޑަ ވަގުތުކޮޅެއްގައި އެމަނިކުފާނު އަވަހާރަޕުޅުލައްވަނީ. ވަރަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެޑައިގެންނެވި އިރު، މުޅިން އޮޅުން ބޮޅުން އަރާފައި ހުރީ. މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި. ވަރަށް ބޮޑަށް ގޯސްވެ ދެންމެ ދެންމެ ދަރާވިކި ދާނެ ހާލަތެއްގައި އޮތީ.” ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ މައްސަލަތައް ހައްލުކުރައްވަމުން އެމަނިކުފާނު ގެންދަވަނީ ރަށްރަށުގެ އެފަދަ މުހިން،މު ވަސީލަތްތައް ރައްޔިތުންނާ ހަމައަށް ވަރަށް ބާރު ސްޕީޑްގައި ގެނެސް ދެއްވަމުން ކަމަށެވެ. އޭޓީއެމް އެހާ އަވަހަށް ބެހެއްޓިދާނެ ކަމަށް ބަޔަކު ގަބޫލެއް ނުކުރާނެ ކަމަށާއި އެހެން ނަމަވެސް މިހާރު ކުޑަ ރަށެއް ބޮޑު ރަށެއް ބާކީ ނުވާނެ ގޮތަށް އޭޓީއެމްގެ ހިދުމަތް ފެށި އެ ހިދުމަތް ދެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.
ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާ ކަމަށް ސައީދު ވިދާޅުވި އިރު، ތެލެސީމިއާ ކުދިންނަށް ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް އެމަނިކުފާނު ނުކުމެ ވަޑައިގެން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އަދި އެ ސެންޓަރަށް ޒިޔާރަތްކޮށް ކުދިންގެ ހާލު ގާތުން ބެއްލެވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
