
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޚިދުމަތް ގާއިމުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ ބީއެމްއެލްއަކީ ހުރިހާ މާނައެއްގައިވެސް ދިވެހީންގެ ބޭންކުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ހއ. މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި، އެ ބޭންކުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް”ގެ ނަމުގައި ހާއްސަ މަޝްރޫއެއް ފަށްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން މިހާރުވަނި ދ. އަތޮޅާއި ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށްފައެވެ. އަދި އިތުރު ރަށްރަށުގައިވެސް އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ބީއެމްއެލާއި ސަރުކާރުން ދަނީ ކުރަމުންނެވެ.
We’re continuing to expand banking services to our communities and today, we are opening new Self-Service Banking ATM Centres in 7 islands of Haa Alifu Atoll.
With this, our communities in Utheemu, Thuraakunu, Uligan, Mulhadhoo, Maarandhoo, Thakandhoo and Muraidhoo can now… pic.twitter.com/he0KRGFSVS
— Bank of Maldives (@bankofmaldives) March 24, 2025
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ ދިވެހިންގެ ބޭންކަކީ ހަގީގީ މާނައިގައިވެސް ދިވެހިންގެ ބޭންކަކަށްވާންޖެހޭ ކަމަށާއި، އެކަން ހާސިލްކުރެވޭނީ ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތުނުކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެ ބޭންކުގެ ޚިދުމަތް ލިބިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އަތޮޅުގެ ރަށްތަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ގާއިމުވެގެންގޮސްފައިވާއިރު އެމަނިކުފާނު ސާބިތުކޮށްދެއްވީ ބީއެމްއެލްއަކީ ހަގީގީ މާނަގައިވެސް ދިވެހިންގެ ބޭންކުކަމަށް މެންބަރު ވިދާޅުވިއެވެ. ޝުޖާޢު ވިދާޅުވީ ކުރިން ހއ. އަތޮޅުގެ ރަށްރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުން ބޭންކުގެ ޚިދުމަތް ހޯދަން ދާންޖެހެނީ ވެރިކަން ކުރާ، ދިއްދޫއަށް ކަމަށާއި، ދަރުތައް ކުރަންޖެހުމުގެ ސަބަބުން ގިނަ ދަތިތައް ދިމާވަމުން އައި ކަމަށެވެ. ނަމަވެސް މިހާރު ރަށްރަށުގެ ކުޑަ އިގްތިސާދުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށްވެސް ލުއިތަކެއް ލިބިގެންގޮސްފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.
“މިއީ ހަގީގަތުގައި ދިވެހިންނަށް މިވެރިކަމުން މި ހޯދައިދޭ އުފާވެރިކަމަކީ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ލޮބުވެތި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ހުރި ފަސްގަނޑަކުން އުފާވެރިކަން ލިއްބައިދޭގޮތަކީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑު ދާއިރާގެ ދެން ހުރި ރަށްރަށުގައިވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި މިއަހަރު ފެށިގެންދާނެ،” މެންބަރު ޝުޖާޢު ވިދާޅުވިއެވެ. މެންބަރު ޝުޖާޢު ވިދާޅުވީ މިއަހަރު ވެގެންދާނީ ކޮންމެ ދިވެއްސަކަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެ އަހަރަކަށް ކަމަށެވެ. އެގޮތުން، މިއަހަރު ރަށްރަށުގައި ތަރައްގީގެ އެތައް މަޝްރޫއުތައް ފެށިގެންދާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
