
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީތައް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ކަމަށެވެ. އެހެން ނަމަވެސް ލައިބްރަރީ ބަންދުކޮށްފައި ހުންނަތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެކަމަށެވެ. އަދި މިކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ މަރުކަޒުގައި ކުރިން ހުރި ލައިބްރަރީއެއް އެތަން ބަންދުކޮށް ފޮތްތައް 2023 ވަނަ އަހަރުގައި ގުދަނަށް ލާފައިވާކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި، މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަތޮޅު ތެރޭގައިވެސް އިސްލާމިކް ސެންޓަރުތައް ޤާއިމްކުރުމުގެ މުހިންމު މަޝްރޫއުތަކެއް ވަނީ ފެށިފައެވެ.
ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
