
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރިއެރުމަށް، އުތުރުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދިޔުން މުހިއްމު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު ޠާރިޤު މިހެން ވިދާޅުވީ ރަށު ފަތުރުވެރިކަމަށް ބީއެމްއެލްގެ އެހީ، ހއ. އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ ބީއެމްއެލުން ތަޢާރަފްކޮށްފައިވާ ލޯނުގެ އެހީގައި ހއ. އަތޮޅަށް ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި މިއީ އެ ސަރަހައްދަށް މުހިއްމުކަމެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ހުރުން މުހިއްމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. “މާ ލަސްތަކެއް ނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދިގެންދާނެ، ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްވެސް ފުޅާވެގެންދާން ޖެހޭ، އެއީ އެއަރޕޯޓު ވައިބަލް ކުރަން އިތުރު ފަތުރުވެރިކަމުގެ އެނދު ބޭނުންވާތީ،” ވަޒީރު ޠާރުޤު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށްވެސް ބޭންކު އޮފް މޯލްޑިވްސްގެ މި ސްކީމް ތަޢާރަފްކުރާނެ ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް ފުޅާކުރުން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
