
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމ ނިއުސްް)
މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސަރވިސް އޭޓީއެމް ޤާއިމްކުރެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ހއ. އުތީމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” ގެ ނަމުގައި މަޝްރޫއެއް ފައްޓަވައިފައެވެ. މިއީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބަހައްޓާ މުހިންމު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ލީޑަރޝިޕަށް ޝުކުރުއަދާކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް ހުރިހާ ދިވެހިންނަށްވެސް، އެރަށުގައި ތިބެގެން ބޭންކުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އެހެންކަމުން ބީއެމްއެލުން މަސައްކަތް ކުރަމުންދަނީ އަވަސް ސްޕީޑެއްގައި އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަމަށާއި، މިއަހަރު ނިމޭއިރު 250އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގައި ޤާއިމްކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިއާއެކު ރައްޔިތުންނަށް މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
“އެއާއެކު ކޮންމެ ރަށެއްގައި ހުރެގެންވެސް މާލީ ވަސީލަތްތަކަށް ވާސިލްވުމަށް މިހާރު ދިމާވާ ހުރަސްތަކަށް ހައްލު ލިބިގެންދާނެ. މިހާރުވެސް އަޅުގަނޑުމެން މި އަތޮޅު (ހއ. އަތޮޅު)ގައި 3 ބްރާންޗަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން މިދަނީ. ބޭންކިން ޚިދުމަތް ހޯދުމަށް ބްރާންޗް ހުންނަ ރަށަށް ދަތުރުކުރުމަކީ ޚަރަދުބޮޑު އަދި ވަގުތު ނަގާ ކަމެއް. ނަމަވެސް ރަށުގައި އޭޓީއެމް ހުރުމުން ރަށުގައި ތިބެގެން ޚިދުމަތް ލިބުމުގެ ބާރުވެރިކަން ލިބިގެންދާނެ،” ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ. ރަށްތަކުގައި ގާއިމުކުރާ އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމާއި، ލޯނަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް މުހިންމުކަމެއް ކަމަށެވެ.
ބޭންކުގެ ފިޒިކަލް ނެޓްވޯކް ފުޅާކުރަމުގެ އިތުރުން ޑިޖިޓަލް ބޭންކިން ހައްލުތައް ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ބޭންކުގެ ބްރާންޗުތަކަށް ނުގޮސް ގޭގައި ތިބެގެން ބޭންކުގެ ހުރިހާ ޚިދުމަތެއް ލިބޭނެ މަގު ތަނަވަސްކޮށްދޭން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ޝަރީފް ވަނީ ރަށްރަށުގައި ޤާއިމުކުރާ އޭޓީއެމްތަކަކީ އެ ރަށެއްގެ ހަރުމުދަލެއްގެ ގޮތުގައި ދެކިގެން، މުޅި މުޖުތަމަޢުގެ ކުރިމަގަށް އެހީތެރިވާ މިފަދަ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ރައްޔިތުންގެކިބައިން އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
