
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ލަންކާގެ ކްރޫޒްލައިނަރއެއް ދެވަނަ ފަހަރަށް ރާއްޖެއަށް އައިސްފިއެވެ. މި ކްރޫޒްލައިނަރ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް އައިސްފައިވަނީ “އެމްއެސް ކްރިސްޓަލް ސިންފޮނީ” ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 307 ފަތުރުވެރިންނާއި 477 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.
މިއީ “އެމްއެސް ކްރިސްޓަލް ސިންފޮނީ” މިއަހަރު ރާއްޖެއަށް އައި ދެވަނަ ފަހަރުކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. މިދިޔަ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު 216 ފަތުރުވެރިންނާއި 416 ކްރޫ މެންބަރުންނާއެކު މި ކްރޫޒްލައިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން މިއީ މިމަހުގެ ތެރޭގައި ރާއްޖެއަށް އައި 3ވަނަ ކްރޫޒްލައިނެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހު ސޭޝެލްސްއިން “އެމްއެސް އިންސިގްނިއާ” ނަމަކަށް ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 576 ފަތުރުވެރިންނާއި 406 ކްރޫ މެންބަރުން ވަނީ އައިސްފައެވެ.
The Seaport Division officers successfully provided en-route clearance services for 307 passengers and 477 crew members aboard MS Crystal Symphony, which arrived from Colombo on 23rd March 2025. This marks the second time this year the ship has visited the Maldives. pic.twitter.com/XhJZdODPpp
— Maldives Immigration (@ImmigrationMV) March 23, 2025
މީގެ އިތުރުން މިމަހުގެ 9ވަނަ ދުވަހު “އެމްއެސް ޒުއިޑަޑަމް” ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 1274 ފަތުރުވެރިނާއި 751 ކްރޫ މެންބަރުން ވަނީ އައިސްފައެވެ. އެމްއެސް ޒުއިޑަޑަމްއަކީވެސް ލަންކާގެ ކޮލޮމްބޯއިން އައި ކްރޫޒްލައިނެކެވެ. ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނަރތައް އާދެއެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 7ވަނަ ކްރޫޒްލައިނާއެވެ. ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 588،484 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއަޅާ ބަލާއިރު %4.8 އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
