
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އެމެރިކާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ނިކުންނައިރު ބަދަލުތަކެއް ފެންނާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ. އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ސްކަލޯނީ ބުނެފައިވަނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް އެ ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ. “މި މެޗުގައި މެސީ އެއް ނުފެންނާނެ އެހެންކަމުން އޭނާ ނެތްތަން ފޫބައްދަން ޖެހޭނެ. މި ޓީމުގައި ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އަދި މެސި ނެތް މެޗެއް ވިއްޔާ ކުޅުންތެރިންގެ ފަރާތުން އިތުރު ހިތްވަރެއް ފެނިގެންދޭ.” ސްކަލޯނީ ބުންޏެވެ.
“މިދިޔަ ހަފްތާގައި ކުޅުނު މެޗާއި މާބޮޑު ތަފާތެއް ނުފެންނާނެ. ނަމަވެސް ޓީމުން އެކެއް ނުވަތަ ދެ ބަދަލެއް ފެނިގެންގޮސްދާނެ. ޔަގީނުންވެސް ރިޑްރިގޯ ޑިޕޯލް މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނޭނެ. އަދި އެ ބަދަލުތައް އެއްކޮށް ނިންމާނީ މިއަދު ބާއްވާ ފަރިތަކުރުންތަކަށްފަހު.” ސްކަލޯނީ އިތުރަށް ބުންޏެވެ. ސްކަލޯނީ އިތުރަށް ބުނެފައިވަނީ ބްރެޒިލް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި ނަމަވެސް މި މެޗުގައި ބްރެޒިލްއިން މެޗުގެ ކޮންޓްރޯލް ހޯދަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މިފަދަ މެޗެއްގައި ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށްވެސް ސްކަލޯނާ ވަނީ ބުނެފައެވެ.
އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލިއޮނެލް މެސީ ނުކުޅޭއިރު، މިދިޔަ ހަފްތާގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އަނެއްކޮޅުން ބްރެޒިލްގެ ޓީމަށް ނެގުމަށްފަހު ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާވެސް މި މެޗުގައި ނުކުޅޭނެއެވެ. މި މެޗަށް އާޖެންޓީނާ ނިކުންނައިރު, މި މެޗުން ޕޮއިންޓެއް ހޯދައިގެން އެ ގައުމަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކުރެވޭނ އެވެ. ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި އާޖެންޓީނާ އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެކުއެޑޯއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލްއަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނަ މަގާމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
