
(ފޮޓޯ ކްރެޑިޓްސް: ޤައުމީ ޓީމް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ފިލިޕީންސްއާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ ފެށުން ރަނގަޅުކުރަން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އައިސަމް ބުނީ މިއީ ކޮލިފައިންގެ ފުރަތަމަ މެޗު ކަމުން ކުރިއަށް ދެވޭނީ ނަތީޖާ ރަނގަޅު ކޮށްގެން ކަމަށެވެ.
“ރަނގަޅު ނަތީޖާ އެއް ހޯދުން މުހިންމު. ރަނގަޅު ފެށުމެއް ލިބިއްޖެނަމަ އެކަންވާނީ ކުރިއަށްދާން ލިބޭ ފުރުސަތަކަށް،” މާޒިޔާގެ މިޑްފީލްޑް ކުޅުންތެރިޔާ ބުންޏެވެ. ފިލިޕީންސް އާއި ރާއްޖެ މިއަދު ކުޅޭ މެޗާ ބެހޭ ގޮތުން ކޯޗު އަލީ ސުޒެއިން ބުނީ ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ބައްދަލުކުރީ 2021 ގައި ކަމަށާއި، އޭރު ފިލިޕީންސް މާ ބޮޑަށް ވަރުގަދަ ކަމަށެވެ. “އެ މެޗުގައި އަހަރުމެން ކުޅުނުއިރު ފިލިޕީންސް ފެންވަރު މާ ރަނގަޅު. އޭރު އައިސަމްވެސް ޓީމުގައި ހުންނާނެ. އަހަރެން އުއްމީދުކުރަނީ އެ މެޗަށްފަހު މިވީ ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެވެސް ކުރިއެރުންތަކެއް ހޯދާފައިވާނެ ކަމަށް. އުއްމީދުކުރަނީ ފިލިޕީންސާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް.” ކޯޗު ސުޒެއިން ބުންޏެވެ.
ސުޒެއިން ބުނީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރަން ފަރިތަކޮށްފައިވާނެ ކަމަށެވެ. ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުތާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
