
(ފޮޓޯ ކްރެޑިޓްސް: ޤައުމީ ޓީމް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ އިންޑިއާއާ ދެކޮޅަށް މި މަހުގެ 19 ވަނަ ދުވަހު ކުޅުނީ މި މެޗަށް ތައްޔާރުވުމަށް ކަމަށެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
“އެ މެޗުގައި ހެދުނު ގޯސްތައް ވަރަށް ރަނގަޅު ކުރާނަން. އެކަންކަން ފާހަގަކޮށްގެން މި މެޗަށް ނުކުންނާނީ. އަހަރުމެން ވަރަށް މަސައްކަތް ކުރާނަން މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން.” ސުޒެއިން ބުންޏެވެ. ފިލިޕީންސްގެ ނޫސްވެރިއަކު މެޗު ކުޅޭ ދަނޑުގެ ވިނަގަނޑާ ބެހޭ ގޮތުން ސުވާލުކުރުމުން ކޯޗު ސުޒެއިން ބުނީ އޭނާއަށް ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމް ފެނުނީ ދަނޑުގެ ތިންވަނަ ބުރީގައި ހުރެގެން ކަމަށެވެ. އަދި މި ފަހުން ރާއްޖެ ކުޅުނު އެންމެ ފެންވަރު ރަނގަޅު ދަނޑަކީ އިންޑިއާގެ ޝިލޮންގުގައި މި މަހުގެ 19 ވަނަ ދުވަހު ކުޅުނު ދަނޑު ކަމަށާއި، ފިލިޕީންސްގައި މެޗު ކުޅޭ ދަނޑުވެސް އެ ފެންވަރުގެ ދަނޑަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

“އަހަރެންނަށް ފެނުނީ ބައެއް ރޮނގުތައް ވެސް ރަނގަޅު ނުކޮށް ހުއްޓާ. އަހަރެން އުއްމީދުކުރަނީ އިންޑިއާގެ ޝިލޮންގުގައި އަހަރުމެން ކުޅުނު ފެންވަރުގެ ދަނޑަށް މި ދަނޑުވެސް ވާނެ ކަމަށް. ޝިލޮންގުގައި ކުޅުނު ދަނޑަކީ މިހާތަނަށް އަހަރުމެން ކުޅުނު އެންމެ ފެންވަރު ރަނގަޅު އެއް ދަނޑު.” ސުޒެއިން ބުންޏެވެ. އޭޝިއަން ކަޕުގެ ކޮލިފައިންފައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެ އާއި ފިލިޕީންސްގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާނާއި އީސްޓް ޓިމޯއެވެ.
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުތާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
