
މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ނިންމަވައިފިއެވެ. ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު ނަމާނު ބޮޑުޖަމާޢަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށެވެ. އެގޮތުން، މާފަންނު ސްޓޭޑިއަމާއި ވިލިމާލޭ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ބޮޑުޖަމާޢަތުގައި ނަމާދު ކުރާނެއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު ޖުމްލަ 27 ތަނެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މާލެ ސަރަހައްދުގައި ފިޠުރު ޢީދު ނަމާދު ކުރާނެ ތަންތަން
* މާފަންނު ސްޓޭޑިއަމް
* މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
* މަސްޖިދުލްމަލިކި ސަލްމާން (ކިންގް ސަލްމާން މިސްކިތް)
* މަސްޖިދުލްފުރުޤާން
* މަސްޖިދުއްނޫރު
* މަސްޖިދުއް ޝަޙީދު ޢަލީ
* މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
* މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
* މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
* މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
* މަސްޖިދު ޞަލާޙުއްދީން
* މަސްޖިދު ޖަލާލުއްދީން
* މަސްޖިދު އިބްރާހީމް
* މަސްޖިދު އިސްކަންދަރު
* ވަގުތީ މިސްކިތް ( ބޮޑުގެ )
* މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
* މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
* މާފަންނު އާމިސްކިތް
* ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)
* މަސްޖިދުއްސަލާމް
* ހުޅުމާލެ ސިންތަޓިކް ޓްރެކް
* މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
* މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
* މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
* ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
* މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
* މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
ރާއްޖޭގައި ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފިޠުރު ޢީދުން ފެށިގެން ޢީދު ނަމާދު ކުރާ ވަގުތު ވަނީ ހެނދުނު 7:00 އަށް އަވަސް ކޮށްފައެވެ. ޢީދު ނަމާދު ކުރާ ގަޑި ހެނދުނު 07:00އަށް ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 31ވަނަ ދުވަހެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
