
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ވަނުމުގެ ފުރުޞަތު 5700އަށްވުރެ ގިނަ ދަރިވަރުންނަށް ދީފިއެވެ. އޭޕްރީލްމަހު ފަށާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތައުލީމީ ވުޒާރާއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލިއެވެ. އަދި ގްރޭޑް 1 އަށް ވަނުމުގެ ފުރުޞަތު ދަރިވަރުންނަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ނިންމާފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި ޢަލީ މުފީދު ވިދާޅުވީ ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ އަލަށް ގްރޭޑް އެކަކަށް ވަންނަ ކުދިންނަށްކަމަށާއި ދެވަނަ މަރުހަލާ ކުރިއަށްގެންގޮސްފައިވަނީ އެއްރަށުން އަނެއްރަށަށް ކުދިން ބަދަލުކުރުމަށްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުފީދު ވިދާޅުވީ ގްރޭޑް 1އަށް އަލަށް 5700އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވާކަމަށެވެ. އަދި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އެކަނިވެސް 2000އެއްހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވާކަމަށް މުފީދު ވިދާޅުވިއެވެ. ގްރޭޑް 1އަށް ވަނުމަށް ޖާގަ ދިނުމުގެ ކަންކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލާފައިވާކަމަށާއި ބައެއް ސްކޫލްތަކުގައި އޮރިއެންޓޭޝަންތައްވެސް ބާއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
“ކުއްޖާގެ ކްލާހާއި އިންޑެކްސް ނަންބަރުފަދަ ހުރިހާ މަޢުލޫމާތުތައް ސްކޫލްތައް މެދުވެރިކޮށް ހިއްސާކޮށްފައިވާނެ. ވަރަށް ގިނަ ސްކޫލްތަކުން ވަނީ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައި.” ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި ޢަލީ މުފީދު ވިދާޅުވިއެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލްތައްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ސްކޫލްތަކަށް ވައްދާފައިވާ ދަރިވަރުންނަށްވެސް އޮރިއެންޓޭޝަންތައް ބާއްވާފައިވާކަމަށެވެ.
މުފީދު ވިދާޅުވީ ބައެއް ދަރިވަރުންގެ އުމުރާ ގުޅިގެން ގްރޭޑް 1 ނުވަތަ އެލްކޭޖީގައި ރިޕީޓު ކުރުމަށްވެސް ވަރަށް މަދުންނަމަވެސް އެދިފައިވާކަމަސެވެ. އަދި އެގޮތަށް އެދިފައިވާ ބެލެނިވެރިންނަށްވެސް މިދިޔަމަހުގެ 20 ވަނަ ދުވަހާހަމައަށް ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު ބެލެނިވެރިންނަށް އަންގާފައިވާކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
