
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 1 ލައްކަ އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް އިވެންޓް އިންތިޒާމްކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން އަންދާޒާކޮށްފިއެވެ. މި މައުރަޒު އޮންނާނީ މެއި މަހުގެ 23 އިން 30 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
މި މައުރަޒާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު ޖައުޝަން ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ވަރަށް ބޮޑު މާކެޓެއް ލިބިގެންދާނެ މައުރަޒަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މައުރަޒަށް ގާތްގަނޑަކަށް 150،000 އެއްހައި މީހުން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ބޭރުގެ އިންވެސްޓަރުންނާއި ބައްދަލުވުމަށްވެސް ހުޅުވިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން އަންދާޒާކުރަން ގާތްގަނޑަކަށް 150،000 އަށްވުރެ ގިނަ މީހުން މައުރަޒަށް ވަޑައިގެން އެކްސްޕީރިއަންސް ކުރައްވާނެކަމަށް ކޮންމެވެސް ވަރަކަށް. އެ ޕްރޮޑަކްޓްތައް ބަލާލާ ރަނގަޅު ފީޑްބެކްއެއް ލިބިގެންތާ ޑިވެލޮޕްވެގެން ރަނގަޅު މާކެޓަކާއި ހަމައަށް ގެންދެވޭނީ. އެ ފުރުސަތު މީގެތެރެއިން ލިބިގެންދާނެ. ހަމައެއާއިއެކު އަޅުގަނޑުމެން މި މައުރަޒުގެ ތެރެއިން ވަރަށް ބޮޑަށް އިސްކަންއެބަދޭން އާންމުކޮށް ޕްރޮޑަކްޓް އުފައްދާ ފަރާތްތަކަށް މި ބޭނުންވާ ސަޕޯޓް ރާއްޖެއިން ބޭރުން އިންވެސްޓަރުންނާއި އަދި ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގައި އެހީތެރިވެވިދާނެ ބޭރު ފަރާތްތަކަށް އަޅުގަނޑުމެން އެބަ ފުރުސަތު ހުޅުވާލަން”. ޖައުޝަން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މައުރަޒު ކުރިއަށްދާނީ 9 ދުވަހުގެ ނިޔަލަށެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމާފައެވެ. އެކްސްޕޯގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2025 އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު މި އުސޫލު ވަނީ ބަދަލުކޮށްފައެވެ. މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށް ޚާއްޞަ ހަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
